ޚަބަރު

ބ.ކެންދޫއިން ނެގި ރެންޑަމް ސާމްޕަލްތައް ނެގެޓިވް


ބ.ކެންދޫގައި ހޯމް ކަރަންޓީންގައި ހުރި މީހަކާ މީހަކު ކޮންޓެކްޓް ވުމާއި ގުޅިގެން އެރަށުން ނެގި ރެންޑަމް ސާމަޕަލްތައް ނެގެޓިވް ކަމަށް އެރަށު ޞިއްޚީ މަރުކަޒުން ބުނެފިއެވެ.

ކެންދޫގައި ކޮމިއުނިޓީ ސްޕްރެޑެއް އޮތްތޯ ބެލުމަށް 28 ސާމްޕަލްއެއް ވަނީ ނަގާފައެވެ. އަދި އެރަށަށް އަރާފޭބުން މަނާކޮށް އެރަށް މިދިޔަ ބުރާސްފަތި ހެލްތު ޕްރޮޓަކްޝަން އެޖެންސީ އެޗް.ޕީ.އޭއިން ވަނީ މޮނިޓަރިންއަށް ލާފައެވެ.

ކެންދޫން އެންމެ ފަހުން ކޯވިޑް 19 އަށް މީހަކު ޕޮޒިޓިވްވެފައިވަނީ މި ދިޔަމަހުގެ 30 ވަނަ ދުވަހުއެވެ. އެމީހާ އަދިވެސް ހުރީ ހޯމް ކަރަންޓީންގައި ކަމަށާ، އެމީހާގެ ހާލު ރަނގަޅު ކަމަށް ކެންދޫ ސިއްޙީ މަރުކަޒުން މައުލޫމާތުދެއެވެ.