ޚަބަރު

ރައީސް ދެއްކެވި ވާހަކަފުޅު ބައެއް ފަރާތްތަކުން ދަނީ އޮޅުވާލަމުން!


ޒުވާނުންނާއި ގުޅޭގޮތުން
ރައީސް ދެއްކެވި ވާހަކަފުޅު ބައެއް ފަރާތްތަކުން ތަރުޖަމާކުރައްވަނީ ރަނގަޅަށް ނޫންކަމަށް
ރައީސް އޮފީހުން ވިދާޅުވެއްޖެ.



ރައީސުލްޖުމްހޫރިއްޔާގެ
އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިއްޔެ ޤައުމާއި
މުހާތަބްކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޒުވާން ގްރޫޕުތަކަށް އަލިއަޅުއްވާލައްވާ
ދެއްކެވި ވާހަކަފުޅު ނިސްބަތްކުރެއްވީ ޒުވާނުންނާއި ކުޅިވަރު ކުރިއެރުވުމަށް މަސައްކަތްކުރާ
ޖަމްއިއްޔާތަކަށްކަމަށް.



އަދި ހަރުދަނާ ޒުވާން
ޖީލެއް ބިނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިންގެ ސިޔާސަތުގައި އެންމެ އިސްކަމެއްދެއްވައިގެން
ކުރައްވަމުން ގެންދަވާ އެއް މަސައްކަތްޕުޅުކަމަށްވެސް މުއާޒް ވިދާޅުވި.



އެހެންކަމުން ބައެއް ފަރާތްތަކުން
ރައީސް ދެއްކެވި ވާހަކަފުޅު ގޯސްކޮށް ތަރުޖަމާކުރައްވާފައިވާތީ އެކަމާއި ހިތާމަކުރާކަމަށް
މުއާޒް ވިދާޅުވި.