ޚަބަރު

އުކުޅަހުން އަނެއްކާވެސް ފަތުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އއ.އުކުޅަހުން އަނެއްކާވެސް ކޯވިޑަށް ފަތުރުވެރިޔަކު ޕޮޒިޓިވްވެއްޖެއެވެ.

އުކުޅަހު ކައުންސިލްގެ ނާއިބް ރައީސް ވިދާޅުވީ ޕޮޒިޓިވްވެފައިވަނީ ޗުއްޓީ ހޭދަކުރުމަށްފަހު ފުރަން ވެގެން ސާމްޕަލް ނެގި ފަތުރުވެރިއެއްކަމަށެވެ. ޕޮޒިޓިވްވެފައިވަނީ ރޯމޭނިޔާއަށް ނިސްބަތްވާ އުމުރުން 52 އަހަރުގެ ފަތުރުވެރިއެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިމީހާ ޕޮޒިޓިވްވުމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހަރު ކުރިއަށްދާ ކަމަށާއި، ރަށު ތެރެއިން މީހަކާއި އޭނައާއި ކޮންޓެކްޓެ ވެފައިނުވާކަމަށް ކައުންސިލްގެ ނާއިބް ރައީސް ވިދާޅުވިއެވެ.

އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިންތަކެއް މީގެކުރިންވެސް ވަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައެވެ. މިއީ އުކުޅަހުން ކޯވިޑަށް ޕޮޒިޓިވްވި 8 ވަނަ މީހާއެވެ.