ސަރުކާރު ހިންގުމަށް ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް އެއްވެސް
ނުފޫޒެއް ނުފޯރުވާ ކަމަށް ރައީސް އޮފީހުގެ ސްޕޯކްސްޕަރސަން އިބްރާހިމް މުއާޒު އަލީ
ވިދާޅުވެއްޖެއެވެ.
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ރާއްޖެ ޓީވީއަށް ދެއްވި
އިންޓަރވިއުއެއްގައި ރައީސްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމް ސަރުކާރު ހިންގުމަށް ނުފޫޒު
ފޯރުވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން މުއާޒު އެކަން ދޮގު ކުރައްވައި މިއަދު
ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކަމަނާ ކުރައްވަނީ އިޖުތިމާއީ
މަސައްކަތްޕުޅުތައް ކަމަށެވެ. އެކަމަނާގެ ޚިދުމަތްތަކަށް ދުވަސްވީ މީހުންނާއި ޚާއްސަ
އެހީއަށް ބޭނުންވާ މީހުން ހެކި ވާނެ ކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ރައީސްގެ އަނބިކަބަލުންނާއި ގުޅޭގޮތުން
ކުރީގެ ނައިބުރައީސް ގެންދަވަނީ އިތުރުފުޅު ހައްދަވަމުންކަމަށް ރައީސް އޮފީހުގެ
ތަރުޖަމާނު ވިދާޅުވިއެވެ.
ރައީސް ޔާމީން އޮފީހަށް ވަޑައިގަންނަވަނީ ހެނދުނު 10 ޖަހާއިރު ކަމަށާއި
މެންދުރު ފަހު 2:00 ގައި ގެއަށް ވަޑައިގަންނަވާ ކަމަށް ޖަމީލް ދެއްކެވި
ވާހަކަތަކަށް ރައްދުދެއްވާ މުއާޒް ވިދާޅުވީ މުޙައްމަދު
ޖަމީލް އޮފީހަށް ސައިން އިން އަދި ސައިން އައުޓް ކުރައްވާއިރުވެސް
ރައީސުލްޖުމްހޫރިއްޔާ ހުންނަވަނީ އޮފީހުގައިކަމަށެވެ.