ސިޔާސީ

ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބުކުރެއްވުން


ރައްޔިތުންގެ މަޖިލީހުގައި ރައީސުލްޖުމުހޫރިއްޔާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގަން ނައިބު ރައިސް އަހްމަދު އަދީބު އުޅުއްވިކަން ޔަގީންވެވަޑައިގެންފައިވާކަމަށް ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.ރިޔާސީ ލޯންޗްކޮޅުގައި ހިނގި ހާދިސާއަށްފަހު ފުރަތަމަ ފަހަރަށް ގައުމާ މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ނައިބު ރައީސް ހައްޔަރުކުރައްވަން ޖެހުނީ ވަރަށްގިނަ ސަބަބުތަކާއި ގުޅިގެންކަމަށާއި، ރިޔާސީ ލޯންޗްކޮޅަށް ދެވުނު ހަމަލާއަށްފަހު ނައިބު ރައީސަކު ދެއްވަންޖެހޭ އެއްބާރުލެއްވުން އެންމެ އެދެވޭގޮތުގައި ދީފައި ނުވާކަމަށް ވިދާޅުވިއެވެ.  އަދި އޭގެ ބަދަލުގައި މަސައްކަތް ކުރެއްވީ، އިދިކޮޅު ޕާޓީއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ރައީސުލް ޖުމުހޫރިއްޔާގެ އިތުބާރުނެތްކަމުގެ ވޯޓުނެގުމަށްކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ.ރައީސް ޔާމީން ވިދާޅުވީ، އެ ވާހަކަ ޕީޕީއެމްގެ މެމްބަރުން އެމަނުކުފާނުގާތުގައި ވިދާޅުވިކަމަށާއި ނައިބު ރައީސް އެމްޑީޕީގެ ބައެއް މެމްބަރުންނާ ވެސް ގުޅިގެން އެކަން ކުރައްވަން އުޅުއްވިކަމަށެވެ. ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ،  ނައިބު ރައީސް އެކަހެރިކުރަން ޖެހިވަޑައިގަތީ، އެމަނިކުފާނު ހައްޔަރުކޮށްގެންނޫނީ، ތަހުގީގު ކުރިއަށް ނުގެންދެވޭނެކަމަށް ހުދު ރައީސުލްޖުމުހޫރިއްޔާއާއި، އިންކުއަރީ ކޮމިޝަނަށްވެސް ގަބޫލުކުރެވޭތީކަމަށެވެ.