ހއ.މުރައިދޫން މީހަކު ޕޮޒިޓިވްވެ އެރަށް މޮނިޓަރިންނަށް ލައިފިއެވެ. މުރައިދޫ މޮނިޓަރިންހެ ޙާލަތަށް ގެންގޮސްފައިވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެރަށަށް އަންގައިފައި ވާކަމަށް އެރަށު ކައުންސިލުން ވަނީ ވިދާޅުވެފައެވެ.
މުރައިދޫން ކޯވިޑް-19އަށް ކުރިން ޕޮޒިޓިވްވުމަށްފަހު ބަލިން ރަނގަޅުވެފައިހުރި މީހަކު ރަނގަޅުވިތާ 3 މަސް ނުވަނީސް އަނެއްކާވެސް ކޯވިޑް-19އަށް ޕޮޒިޓިވްވުމާ ގުޅިގެން އެރަށަށް އަރައިފޭބުން މިޙާރު އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ. އެރަށު ކައުންސިލާ ގުޅިގެން ސިއްހީ މަރުކަޒުން އަންނަނީ ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހާގެ ކޮންޓެކްޓް ރޭސިންގެ މަސައްކަތް ކުރަމުންނެވެ.
މުރައިދޫ ކައުންސިލްހގެ ރައީސް އަސްރާރު ޢަބްދުﷲ ވިދާޅުވީ ކޯވިޑް-19އަށް ޕޮޒިޓިވްވި މީހާއަކީ ރިސޯޓެއްގައި މަސައްކަތް ކުރި މީހެެއް ކަމަށެވެ. އެމީހާ ޕޮޒިޓިވްކަން އެނގުނީ ރޭގެ ވަގުތެއްގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މުރައިދޫ މިވަގުތު މޮނީޓަރިންގެ ޙާލަތުގައި އޮތްކަމުގައިވިޔަސް ރަށުގެ ޢާއްމު ޙާލަތު ރަނގަޅުކަމަށްވެސް އޭނާ ވިދާޅުވިއެވެ.