ކަނޑު އުޅަނދުތަކުގައި ރާއްޖެއިން ބޭރުން އަންނަ މީހުން، ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ވަދެ އެ ސަރަޙައްދުތަކަށް ގެއްލުންވާގޮތަށް ޢަމަލުކުރާކަން ފާހަގަކުރެވިފައިވާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)އިން ވިދާޅުވެއްޖެއެވެ.
އީޕީއޭއިން ވިދާޅުވީ ސަބްމެރިންތަކާއި ޔޮޓް އަދި ކުރޫޒް ލައިންތަކުން ފަތުރުވެރިކަމުގެ ބޭނުމަށް ރާއްޖެ ޒިޔާރަތްކުރާ ފަރާތްތަކުން ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ޤަވަޢިދާ ޚިލާފަށް ވަންނަމުންދާތީ، ވެށްޓަށާއި ދިރުންތަކާއި މާޙައުލަށް ގެލުން ލިބޭގޮތަށް ޢަމަލުތައް ބަހައްޓަމުން އަންނަކަން ފާހަގަކުރެވިފައިވާކަމަށެވެ.
ޙިމާޔަތްކޮށްފައިވާ ސަރަޙައްދުތަކަށް ވަދެ ނިކުމެ އުޅުމާ ބޭނުންކުރުމުގެ ވަކި މިންގަނޑުތަކެއް އީޕީއޭއިންވަނީ ކަނޑައަޅާފައެވެ. އެހެންކަމުން މިފަދަ ސަރަޙައްދުތަކަށް ވަނުމުގެ ކުރިން އިޕީއޭގެ ހުއްދަތަށް ނެގުމަށްވަނީ އަންގާފައެވެ. އަދި ހެދިފަވާ މިންގަނޑުތަކާ އުސޫލުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ލޯކަލް އެޖެންޓުންނާ ޓުއަރ އޮޕަރޭޓަރުން އަދި ޒިޔާރަތްކުރާ ފަރާތްތަކަށްވެސް އީޕީއޭއިންވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއް ޙިމާޔަތްކޮށްފައިވަނީ އެ ސަރަޙައްދުތަކުގެ ދިރުންތަކާ މާޙައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށާ، އަންނަ އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
ޙިމާޔަތްކޮށްފައިވާ މާހަޢުލުތަކަށް ގެއްލުންދޭ ފަރާތްތަކާމެދު " ތިމާވެށި ރައްކަތެރިކޮށް ދެމެހެއްޓުމާ ބެހޭ ޤާނޫނު"ގެދަށުން ފިޔަވަޅުއެޅޭނެއެވެ.
Please note that special permits are required to enter Protected Areas in Maldives. Local agents and tour operators must take the necessary permits from EPA, and plan ahead when visiting these sites. pic.twitter.com/7QhWUlS54O
— EPA Maldives (@EPAMaldives) January 28, 2021
ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއް ޙިމާޔަތްކޮށްފައިވަނީ އެ ސަރަޙައްދުތަކުގެ ދިރުންތަކާ މާޙައުލު ރައްކާތެރިކޮށް ދެމެހެއްޓުމަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ.
ޙިމާޔަތްކޮށްފައިވާ މާޙައުލުތަކަށް ގެއްލުންދޭ ފަރާތްތަކާމެދު "ތިމާވެށި ރައްކަތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"ގެދަށުން ފިޔަވަޅުއެޅޭނެއެވެ.