ތަޢުލީމު

ޒުވާނުން އިސްނަގައިގެން މަސައްކަތްކުރަންވެއްޖެ- މިނިސްޓަރ އުމަރު


ބަޔަކު މަޖުބޫރު ކޮށްގެން ކަންކަން ކުރުމުގެ
ބަދަލުގައި، އަމިއްލައަށް އިސްނަގައިގެން ކަންކަން ކުރުމުގެ އާދަ ދިވެހި
ޒުވާނުންގެ ގައިގަ އަށަގަންނުވަންވެއްޖެކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު
ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މޯލްޑިވްސް ޔޫތް ލީގް އިން އިންތިޒާމް
ކުރާ "އިލްމު ޓޯކް" ފެށުމުގެ ގޮތުން ރޭ ބޭއްވި ރަސްމިއްޔަތު ޝަރަފުވެރި
ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ



"އިލްމު ޓޯކް" އަކީ، ގައުމުގެ
މުސްތަގްބަލް ބިނާ ކުރުމުގައި ޒުވާނުންގެ ދައުރާ ގުޅޭގޮތުން ޒުވާނުންނަށް
މައުލޫމާތު ދިނުމަށް ދެ ދުވަހަށް ކުރިއަށް ގެންދާ ސެމިނާރއެކެވެ. 



މިނިސްޓަރ އުމަރު ވިދާޅުވީ ކިޔަވައިގެން ވަޒީފާއަށް
ނުގޮސް ތިބި ޒުވާނުންގެ ނިސްބަތް ގިނަ ކަމަށާއި، މައިންބަފައިންނަށް ބަރޯސާ ވުމުގެ
ބަދަލުގައި، އެ ބޭނުންވާ ވަޒީފާއެއް ލިބެންދެން އެއިރެއްގައި ލިބެން ހުރި
ވަޒީފާތަކަށް ޒުވާނުން  ދާން ޖެހިފައިވާ
ކަމަށެވެ.  އަދި ވަޒީފާ ނެތް ޒުވާނުންވެސް މެދުފަންތީގެ ވަޒީފާއަށް ނިކުމެ ރާއްޖެގައި
މިއޮތް، ބިދޭސީ ލޭބަރ ފޯރސް މަދު ކުރަން ޖެހޭކަން މިނިސްޓަރ ފާހަގަ ކުރެއްވިއެެވެ.    
ރޭގެ ރަސްމިއްޔާތުގައި، ވާހަކަފުޅު ދައްކަވަމުން އިސްލާމިކް ޔުނިވަރސިޓީގެ ވައިސް
ޗާންސެލަރ ޑރ މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ޒުވާނުން އިސްލާމީ ފިކުރަށް
ހޭލުންތެރި ކުރުވަން ޖެހޭ ކަމަށާއި، ހަމައެކަނި ދަރުސްދީގެން އެކަން ނުވާނެ
ކަމަށެވެ. އަދި ޒުވާނުންނަށް ދުނިޔޭގައި އުޅެންވީގޮތްވެސް ދަސްކޮށްދޭން ޖެހޭ ކަމަށް
ޝަހީމް ވިދާޅުވިއެވެ.



ރޭގެ
ރަސްމިއްޔާތުގައިވަނީ، މޯލްޑިވްސް ޔޫތް ލީގްގެ "އިސްލާމިކް ތަކާފުލް
ފަންޑު" އިފްތިތާހުކޮށްފައެވެ. "އިލްމް ޓޯކް" ކުރިއަށްދާނީ
މާދަމާއިން ފެށިގެން ދެ ދުވަހަށެވެ."އިލްމު ޓޯކް" ގައި މައުލޫމާތު
ދެއްވަނީ، ރާއްޖެއިން ބޭރުގެ އިލްމުވެރިނެވެ.