ތަޢުލީމު

ރާއްޖޭގެ 10 ކެޑޭޓަކު ލަންކާގައި ހިންގި ކޭމްޕެއް ފުރިހަމަކޮށްފި


އިންޓަރނޭޝަނަލް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ސްރީލަންކާއަށް ދިޔަ ދިވެހިކެޑޭޓުން އެޕްރޮގްރާމް ނިންމުމައްފަހު ރާއްޖެ އަތުވެއްޖެއެވެ.މި ޕްރޮގްރާމްގައި ބައިވެރިވި ކެޑޭޓުން އައުމުން ދިވެހިރާއްޖޭގެ ގައުމީ ކެޑޭޓް ކޯއިންވަނީ އެ ކެޑޭޓުންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.1993 އިން ފެށިގެން ކުރިއަށްގެންދާ އިންޓަރނޭޝަނަލް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގައި ސާކް ސަރަހައްދުގެ އެހެނިހެން ގައުމުތަށްވެސް ބައިވެރިވެއެވެ.ކޭމްޕެއް ގޮތަށް ސްރީލަންކާގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މިފަހަރުވެސް ރާއްޖޭގެ 5 އަންހެން ދަރިވަރުންނާއި، 5 ފިރިހެން ދަރިވަރުން އަދި 2 އިންސްޓެކްޓަރަކު ބައިވެރިވެފައިވެއެވެ.މި ހަރަކާތާގުޅޭ ގޮތުން ދަތުރުގައި ބައިވެރިވި އޮފިސަރެއްކަމަށްވާ ރިފްއާން އަލީ ބުނީ، މި ދަތުތުރުން ތަފާތު ގިނަ ތަޖުރިބާތަކެއް ބައިވެރިންނަށް ލިބިގެންދިޔަކަމަށާއި، އެކި ގައުމުތަކުގެ ކެޑޭޓުންނާއެކު، އެގައުމުތަކުގެ ސަގާފަތާއި އާދަކާދަތަށް ދިވެހިދަރިވަރުންނަށް އެނގިގެންދިޔަކަމަށެވެ.ދަތުރުގައި ބައިވެރިވި ބައެއް ކެޑޭޓުން ބުނީ، ގިނަ ތަންތަނަށް ޒިޔާރަތްކޮށް އެހެން ގައުމުތަކުގެ ކެޑޭޓުންނާއި ބަދަލުވުމުން ތަފާތު ގިނަ ކަންތައްތަކެއް ދަސްވެގެންދިޔަކަމަށާއި، ދަތުރުގެ ސަބަބުން ކޭޑޭޓް ގައި ހަރަކާތްތެރިވާއިރު، އަމަލީ ގޮތުން އެނގެން ބޭނުންވާ މުހިންމު ކަންތައްތަކެއް އެނގިގެން ދިޔަކަމަށެވެ.ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވާ ކޭޑޭޓުންގެ ތެރެއިން އިންޓަވިއުއަކުން ހޮވޭ މި ދަރިވަރުން ކޭންޕް ނިންމާފައި އައުމުން ބެލެނިވެރިންވެސް އެކަން ސިފަކުރަނީ އެއީ ދަރިވަރުންނަށް ލިބުނު ކުރިއެރުމެއްގެ ގޮތުގައެވެ.އިންޓަރނޭޝަނަލް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމްގެ ދަށުން ސްރީލަންކާއަށް ކުރި ދަތުރުގެ ސަބަބުން ރާއްޖޭގެ ސަގާފީކަންކަން އެހެން ގައުމުތަކާއެކު ހިއްސާކުރެވި، އެގައުމުތަކުގެ ބައިވެރިންގެ މަގުބޫލުކަން ލިބިގެން ދިޔަކަމަށް، ގައުމީ ކެޑޭޓްކޯއިން މައުލޫމާތުދެއެވެ.