ތިމާވެށި

ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓްނެރެފި


ދެކުނުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފިއެވެ.ޔެލޯ އެލާޓް ނެރެފައިވަނި ދެކުނުގެ އަތޮޅުތަކަށް ބޯކަޮަށް ވާރޭވެހި ފެން ބޮޑުވާނެކަމަށް ލަފާކުރެވޭތީކަމަށް ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ އިދާރާއިން ހާމަކުރެއެވެ.މި އެލާޓް ނެރެފައިވަނީ މިއަދުގެ މެންދުރު އެއްގަޑި ފަނަރައާއިހަމައަށްކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވެއެވެ.ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެކަމަށާއި ބައެއްރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާއި ބެހޭގައުމީ އިދާރާއިން ލަފާކޮށްފައިވެއެވެ.ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށާއި އަދި ދެކުނުގެ އަތޮޅުތައްފިޔަވައި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާއި ދެމެދު ބާރުމިނުގައި ވައިޖެހޭނެކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން މައުލޫމާތުދެއެވެ.އަދި ވިލާގަނޑުގައި ގާތްގަޑަކަށް 40 މޭލު ބާރުމިިނަށް ވައިގަދަވުން އެކަށީގެންވާކަމަށާއި، ރާއްޖޭގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށްވެސް މޫސުމާއިބެހޭ ގައުމީ އިދާރާއިންވަނީ ލަފާކޮށްފައެވެ.