ކުޅިވަރު

ބްލޭޒަރސްއާ ވާދަކޮށް ސްޕަރސް މެޗު ކާމިޔާބުކޮށްފި


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގައި ސެންޓޯނިއޯ ސްޕަރސްއާއި ޕޯޓްލަންޑް ޓްރެއިލް ބްލޭޒަރސް ބައްދަލުކުރިމެޗް ސްޕަރސް ކާމިޔާބުކޮށްފިއެވެ. މިމެޗް ސްޕަރސް ކާމިޔާބުކުރީ 125 ޕޮއިންޓް 104 ޕޮއިންޓުންނެވެ.

މިމެޗްގައި ސްޕަރސްގެ ލެމާކަސް އަލްޑްރިޖްވަނީ އެޓީމަށް 22 ޕޮއިންޓް ހޯދައިދީފައެވެ. އަދި ޑިމާރ ޑިރޮޒާންވަނީ 20 ޕޮއިންޓް ހޯދައިދީ 11 އެސިސްޓް ކޮށްފައެވެ. މިމެޗްގައި ޕޯޓްލަންޑްގެ ޑާމިއަން ލިލާޑްވަނީ އެޓީމަށް 35 ޕޮއިންޓް ހޯދައިދީފައެވެ.

މިމުބާރާތުގައި ބްރޫކްލިން ނެޓްސް އާއި މިލްވައުކީ ބަކްސް ބައްދަލުކުރިމެޗް 125 ޕޮއިންޓް 123 ޕޮއިންޓުން ކާމިޔާބުކުރީ ނެޓްސްއެވެ. މިމެޗްގައި ނެސްޓްގެ ޖޭމްސް ހާޑެންވަނީ އެޓީމަށް 34 ޕޮއިންޓް ހޯދާދީ 12 އެސިސްޓް ކޮށްފައެވެ. އަދި ކެވިން ޑުރާންޓްވަނީ އެޓީމަށް 30 ޕޮއިންޓް ހޯދައިދީފައެވެ. ބަކްސްއަށް މިމެޗްގައި އެންމެ ރަގަޅު ކުޅުމެއް ދެއްކީ 34 ޕޮއިންޓް ހޯދައިދިން ޖިއާނިސް އެންޓެޓޮކޮއުންޕޯއެވެ.