ވިޔަފާރި

ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑުގައި ޗުއްޓީ ހޭދަކޮށްލަން ރެޔަކަށް 80000 ޑޮލަރު


ރާއްޖޭގެ އެންމެ ބޮޑު ޕްރައިވެޓް އައިލެންޑް، ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ޕްރައިވެޓް އައިލެންޑު ރަސްމީކޮށް ހުޅުވައިފިއެވެ.

ތިރީސްދެހާސް އަކަ މީޓަރުގެ ބޮޑު ބިމެއްގައި ތަރައްޤީކޮށްފައިވާ މި ރިސޯޓުގައި އެއްފަހަރާ 24 މީހުންނަށް ޙިދުމަތްދެވޭނެއެވެ. މި ރިސޯޓުގައި 2 ކޮޓަރީގެ މޫދު ވިލާއަކާއި، ތިން ކޮޓަރީގެ ބީޗު ވިލާއެއްގެ އިތުރުުން، ހަތަރު ކޮޓަރީގެ ރެސިޑެންސް ވިލާއެއް ހުރެއެވެ.

ތަފާތު އެކި ކެއުންތައް ތައްޔާރުކޮށްދިނުމަށް މި ރިސޯޓުގައި ޙާއްސަ ޗެފުން ޓީމެއް ތިބެއެވެ. އަދި ސްޕާ އަކާއި ޔޯގާ ޕެވިލިއަންއެއްގެ އިތުރުން ޖިމެއްގެ ޙިދުމަތްވެސް މި ޕްރައިވެޓް އައިލެންޑުން ލިބެއެވެ.

މި ރިސޯޓުގައި ޗުއްޓީ ހޭދަކޮށްލުމަށް، ރެއަކަށް ގާތްގަނޑަކަށް 80000 ޑޮލަރު އަރައެެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރަން އަންނަ ގިނަ ފަރާތްތަކަކީ ޕްރައިވެސީގައި ޗުއްޓީ ހޭދަކޮށްލުމަށް އަންނަ ފަރާތްތަކެވެ. އަދި މިފަދަ ފަތުރުވެރިންގެ ތެރޭގައި ގިނައިން ހިމެނެނީ ސެލިބްރިޓީސް އާއި މަހުޖަނުންނެވެ. އެހެންކަމުން މިފަދަ ފަރާތްތަކަށް މި ޕްރައިވެޓް އައިލެންޑަކީ ކަމުދާނެ ކޮންސެޕްޓެކެވެ.

ޕްރައިވެޓް އައިލެންޑު ރިސޯޓު ތަރައްޤީޮށްފައިވަނީ 2019ވަނަ އަހަރުތެރޭ ހުޅުވާފައިވާ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓާއި އެއްފަޅެއްގައެވެ. ވޮލްޑޯފް އެސްޓޯރިއާ އަކީ މަޝްހޫރު ހިލްޓަން ބްރޭންޑުގެ ދަށުން ހިންގާ ލަގްޒަރީ ރިސޯޓް ބްރޭންޑެކެވެ.