ތިމާވެށި

މޫސުމަށް އަންނަ ބަދަލުތަކަށް އއ. އަތޮޅު ޓީޗަރުން ހޭލުންތެރިކޮށްފި


މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ ގޮތުން އަތޮޅުތަކުގެ މުދައްރިސުން ޙޭލުންތެރިކުރުވުމަށް ހިިންގާ
ޕްރޮގްރާމްގެ ދަށުން، އަރިއަތޮޅު އުތުރުބުރީގެ ޓީޗަރުންނަށް މަޢުލޫމާތު ދީފި އެވެ.



މި ތަމްރީނު ޕްރޮގްރާމަކީ މޫސުމަށް އަންނަ ބަދަލުތަކާމެދު
ޙޭލުންތެރިކޮށް މުދައްރިސުންގެ ކިބައިގައި ކަމާބެހޭ މަޢުލޫމާތު މުއްސަންދިކޮށް
ދަރިވަރުންނަށް މައުލޫމާތު ދިނުމުގައި ބޭނުންކުރެވޭނެ އެކި އުކުޅުތައް
އަށަގެންނެވުމަށް އެހީތެރިވެދިނުމުގެ ގޮތުން ހިންގާ ޓްރޭނިންގ ޕްރޮގްރާމެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތުދީފައިވެއެވެ. 

ޓޫރިޒަމް މިނިސްޓްރީ އާއި ޔޫއެންޑީޕީ ގުޅިގެން ހިންގާ ޓޫރިޒަމް އެޑަޕްޓޭޝަން
ޕްރޮޖެކްޓް ގެ ދަށުން ''ލެމެއަރ ގްރޫޕް'' ގެ އެހީތެރިކަމާ އަރި އަތޮޅު އުތުރުބުރީ އުކުޅަހުގައި ބޭއްވުނު
މި ޕްރޮގްރާމްގައި އެއަތޮޅު ގެ 19 މުދައްރިސަކު ބައިވެރިވެފައިވެ އެވެ. 



މި ޕްރޮޖެކްޓުގެ ދަށުން ދެން އޮތް
ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ އަރިއަތޮޅު ދެކުނުބުރިއަށް އަމާޒުކޮށްގެން
އދ. މަހިބަދޫގައި އެވެ. 

މި ތަމްރީނު ޕްރޮގްރާމަކީ 05  އަތޮޅަކަށް އަމާޒުކޮށްގެން
ހިންގޭ ސިލްސިލާ ތަމްރީނު ޕްރޮގްރާމްތަކެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން މަޢުލޫމާތު
ދެއްވާފައި ވެއެވެ.