އަތޮޅުތައް

ރ.ވާދޫ ބަނދަރު ސައުވީސް ގަޑިއިރު ބޭނުންކުރެވޭ ގޮތަށް ހަދައިފި


މާޅޮސްމަޑުލު އުތުރުބުރީ ވާދޫގައި އެރަށު ކައުންސިލުން އިސްނަގައިގެން
ބަނދަރު ސަރަހައްދުގައި ގާ އަތުރާ ލައިޓް ޖަހާ ސައުވީސް ގަޑިއިރު ބޭނުންކުރެވޭ ގޮތް ހަދައިފި އެވެ. 

މިހާރު ސަރުކާރުން ހަދާ ބަނދަރުތަށް ފަރުމާކުރާގޮތަށް ފަރުމާކޮށް، ސައުވީސް ގަޑިއިރު ބޭނުންކުރެވޭނެހެން ވާދޫގައި ގެނެވުނުނު މި ބަދަލަކީ ރ.އަތޮޅުގެ ރަށެއްގައި، ކައުންސިލަކުން އިސްނަގައިން މިފަދަ ކަމެއް ކުރި ފުރަތަމަ ފަހަރެވެ. މިއީ އެރަށް ތަރަށްޤީކުރުމަށް އެކުލަވާލާފައިވާ ޕްލޭން ގެދަށުން ކުރެވުނު މަސައްކަތެއް ކަމަށް އެރަށު ކައުންސިލުން ބުންޏެވެ. 



އެލް ޖީ އޭ އިން ނަމޫނާ ކައުންސިލެއްގޮތުގައި ފާހަގަކޮށް، ރާއްޖޭގެ ހުރިހާ
އަތޮޅު ކައުންސިލްތަށް ހިމެނޭ ގޮތަށް ޒިޔާރާތްކޮށްފައިވާ، ރ. ވާދޫގައި އެރަށު
ކައުންސިލުން އިސްނަގައިގެން ބަނދަރުގައި ގައު އެތުރުމުގެ އިތުރުން މީހުންނަށް
މަޑުކޮށްލައިގެން ތިބެވޭނެހެން ދެ ތަނެއްވެސް ވަނީ ހަދާފައެވެ. 

ވާދޫ ކައުންސިލުން މި
މަސައްކަތްކޮށްފައިވަނީ އެކި ފަރާތްތަކުން އެހީ ހޯދައިގެން ތަކެތި
ޖަމާކުރުމަށްފަހު އަމިއްލަޔަށް މަސައްކަތްކޮށްގެންނެވެ.