ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެއްހަފްތާއަށް މެދުކަނޑާލައިފި


ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް އެއްހަފްތާއަށް މެދުކަނޑާލާއިފިއެވެ.ނަމަވެސް ޖަލްސާތައް މެދުކަނޑާލި ސަބަބެއް މަޖިލީހުގެ އިދާރާއިން ހާމަކޮށްފައެއް ނުވެއެވެ.ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ދައުރު މިހާރު ކުރިއަށްދާއިރު މިހާތަނަށް 5 ޖަލްސާއެއް ބާއްވާފައިވެއެވެ.މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި މިވަގުތު މުހިއްމު މަސައްކަތްތައް ހުރީ ކޮމިޓީ މަރުހަލާގައި ކަމަށްވުމާއިއެކު، ވަގުތު ލިބިގެން މަސައްކަތްތަށް ނިންމާލުމަށް ބޭނުންވާކަމަށެވެ.ކޮމިޓީ މަރުހަލާގައި މިވަގުތު 19 ބިލެއް އެބައޮތެވެ.މިމަހުގެ 13 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ރިޔާސަތުން ދެން ޖަލްސާއެއް އޮންނާނެ ތާރީޚެއް ވިދާޅުވެއެއްނުވެއެވެ.