ތަޢުލީމު

އެމްއައިޔޫ އިން ޖެނުއަރީގައި ފެށޭ ކޯސްތައް އިއުލާންކޮށްފި


ދިވެހިރާއްޖޭގެ
އިސްލާމިކް ޔުނިވަރސިޓީން މިއަންނަ އަހަރުގެ ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ
ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.



އެގޮތުން ޖެނުއަރީ މަހު ފެށުމަށް ހަމަޖެހިފައިވާ ތަފާތު 22 ކޯހަކަށް ކުރިމަތި ލުމުގެ ފުރުޞަތު އެ ޔުނިވާސިޓީއިން ވަނީ ހުޅުވާލާފައެވެ. މި ކޯސްތަކުގެ
ތެރޭގައި ފައުންޑޭޝަން ކޯސްތަކުން ފެށިގެން ޑިގްރީ ކޯސްތައްވެސް ހިމެނެއެވެ.

މީގެ އިތުރުން މި ކޯސްތަކަށް އެދުމުގެ ފުރުޞަތު މިއަދުން ފެށިގެން ނޮވެމްބަރ މަހުގެ 18 ވަނަ ދުވަހާއި ހަމައަށް ހުޅުވާލެވިފައިވާކަމަށްވެސް އެ ޔުނިވަރސިޓީއިން މައުލޫމާތުދެއެވެ.

އަދި މި
ކޯސްތަކާއި ބެހޭ މައުލޫމާތު ދިނުމަށް އަންނަ މަހުގެ 9 އަދި 10 ގައި އޯޕަންޑޭ
އެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިސްލާމިކް ޔުނިވަރސިޓީން މައުލޫމާތުދެއެވެ.

ދިވެހިރާއްޖޭގެ
އިސްލާމީ ޔުނިވަރސިޓީ އަކީ މި ސަރަޙައްދުގައިވާ ފާހަނގަކޮށްލެވޭ އިސްލާމީ އިލްމީ
މުއައްސަސާއަކަށް ހެދުމަކީ އަމާޒެއް ކަމަށް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑޮކްޓަރ
މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ ވިދާޅުވެފައެވެ. އަދި އިސްލާމިކް
ޔުނިވަރސިޓީ ޒަމާނީ އުޞޫލްތަކުގެ ތެރެއިން ހުރިހާ ގޮތަކުން ތަރައްޤީކުރުމުގެ
މަސައްކަތް ވަރަށް ބާރަށް ކުރިއަށް ދާކަމަށްވެސް ޝަހީމް ވަނީ ވިދާޅުވެފައެވެ.



ޔުނިވަރސިޓީ ގެ އިސް ބައެއް މަޤާމްތަކަށް އިއްޔެ ވަނީ
ބޭފުޅުންވެސް ހަމަޖައްސަވާފައެވެ. އަދި އިސްލާމިކް ޔުނިވަރސިޓީގެ ކިޔަވައިދިނުމުގެ
ދާއިރާގެ އެކި އެކި ކަންކަން ހަރުދަނާކުރުމަށްޓަކައި މަޝްވަރާކޮށް
އެއްބާރުލުން އިތުރުކުރުމަށްޓަކައި މަޝްވަރާކުރުމަށް ޔުނިވަރސިޓީގެ ޓީމެއް
މިހާރުވެސް ދަނީ މެލޭޝަިޔާގައި ހަރަކާތްތެރިވަމުނެވެ.