ޚަބަރު

އެމްއެމްޕީއާރުސީގެ އޮފީސް ފުލުހުންނާއި ސިފައިންގެ ބެލުމުގެ ދަށަށް


ފުލުހުންނާ ސިފައިން ގުޅިގެން ވެލާނާގޭގައި ހުންނަ، މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އާރ ކޯޕަރޭޝަން އެމްއެމްޕީއާރުސީ ގެ އޮފީސް އެއްވެސް މީހަކަށް ނުވަދެވޭގޮތައް ބަންދުކޮށްފިއެވެ.މިއަދު ހެނދުނު އެއޮފީހުގެ މުއައްޒަފުންނަށްވެސް އޮފީހަށް ވަނުމުގެ ފުރުސަތު ދީފައި ނުވާކަމަށް މަޢުލޫމާތުލިބެއެވެ.ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން އަދި އެތަން ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އެއްވެސް މީހަކަށް މިވަގުތު ނުވަދެވޭނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.ފުލުހުންނާއި ސިފައިން ވަނީ ހުކުރުދުވަހުގެރޭ އެ އޮފީސް ބަލައި ފާސްކޮށް ބައެއް ތަކެތި އެފަރާތްތަކުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އެހެން ނަމަވެސް މިއީ ކޮން މައްސަލައަކާ ގުޅިގެން ސަލާމަތީ ބާރުތަކުން އަޅަމުންދާ ފިޔަވަޅުތަކެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.މީގެ އިތުރުން ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުވާލުކުރުމަށްޓަކާ އެކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރ އަބްދުއްﷲ ޒިޔަތު މިއަދު ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށް އަންގާފައިވާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.