ތަޢުލީމު

މަލްޓިމީޑިއާގެ ދާއިރާއިން ކިޔަވާ ދަރިވަރުންގެ ހުނަރު ދައްކާލައިފި


މާލޭ ބިޒިނަސް ސްކޫލްގައި މަލްޓިމީޑިއާ ކިޔަވަމުންދާ ދަރިވަރުންގެ މަސައްކަތްތައް
ދައްކުވައިދޭ މައުރަޒެއް އެ ސްކޫލްގައި ބާއްވައިފިއެވެ



"ޕްރޮފެޝަނަލް މަލްޓިމީޑިއާ އެންޑް އެޑްވަޓައިޒިން"  ކްލާހުގެ ދަރިވަރުން ތައްޔާރުކޮށްފައިވާ އެކި
އެކި ޕްރޮޖެކްޓްސްތައް މި އެގްޒިބިޝަންގައި ދައްކާލާފައިވެއެވެ.



އިއްޔެ ކުރިއަށް ގެންދެވުނު މި އެގްޒިބިޝަންގައި 9 ދަރިވަރަކު، ކްލާހުގައި ތައްޔާރުކޮށްފައިވާ
އިޝްތިހާރުތަކާއި ޑިޒައިންތައް ދައްކާލާފައިވެއެވެ. 



މި ކޯސްފުރިހަމަ ކުރާ
ދަރިވަރުންނަށް މީޑިއާތަކުގައި ގްރެފިކްސް މަސައްކަތް ކުރުމުގެ
ފުރުޞަތުލިބިގެންދާނެ ކަމަށް ކޯހުގައި ކިޔަވައިދެއްވާ ލެކްޗަރާ މަޢުލޫމާތުދެއްވިއެވެ.
އެގޮތުން އޮންލައިން، ޕްރިންޓިންގ އަދި ބްރޮޑްކާސްޓިންގ ދާއިރާގައި ވެސް
މަސައްކަތް ކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމަށާއި، ދަރިވަރުންގެ ހުނަރު ވަރަށް
ފުރިހަމަކަމަށް މި ކޯހުގެ، އެޖަންޓް ޕްރޮފެސަރ މައުރޫފް އިބްރާހީމް ވިދާޅުވިއެވެ.