ކުޅިވަރު

100 ޕްލަސް ތިންވަރު ޓްރައިތްލޯންގެ އެއްވަނަ ވައިވީއެސް އާއި ރިޒާ


މާކެޓިއާސް ޕްރައިވެޓް ލިމިޓެޑުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "100 ޕްލަސް ތިންވަރު ޓްރައިތްލޯން"ގެ ޓީމް އިވެންޓް ބައިގެ ޗެމްޕިއަންކަން ވައިވީއެސް އަދި އިންޑިވިޖުއަލް ބައިގެ އެއް ވަނަ އަހުމަދު ރިޒާ ހޯދައިފިއެވެ.ދުޅަހެޔޮ ސިއްހަތެއްގައި ދެމި ތިބުމަށް ކަސްރަތާއި ހަރަކާތްތެރި ދިރިއުޅުމަށްކަށް ތަރުޙީބު ދިނުމުގެ މަގްސަދުގައި ކުރިއަށް ގެންދިޔަ މި ޓްރައިތްލޯންގައި ފެތުމާއި، ދުވުމުގެ އިތުރުން ބައިކަލް ދުއްވުން ހިމެނެއެވެ. ބައިވެރިންވަނީ 400 މީޓަރު ފަތައި، 10 ކިލޯމީޓަރު ބައިސިކަލް ދުއްވައިި ފަސް ކިލޯމީޓަރަށް ދުވެފައެވެ. ވަނަވަނައަށް އައި ޓީމްތަކާއި އެތްލީޓުންނަށް އިނާމް ހަވާލްކުރުން އޮތީ ރޭ ރާޅުގަނޑު ސަރަހައްދުގައި އޮތް މިޔުޒިކް ޝޯގައެވެ.ޓްރައިތްލޯންގެ ޓީމް އިވެންޓްގެ އެއްވަނަ ވައިވީއެސް ހޯދީ 46:09 މިނިޓުން ރޭސް ނިންމައިގެންނެވެ. ދެވަނަ ހޯދި ރަންއަވޭސް ރޭސް ނިންމީ 47:44 މިނިޓުންނެވެ. އަދި މިބައިން ތިންވަނަ ހޯދީ ކޭއެޗް ސްޕޯޓްސް އެކަޑަމީ ރޭސް ނިންމީ 49.33 ސިކުންތުން ރޭސް ނިންމައިގެންނެވެ.އިންޑިވިޖުއަލް ބައިގެ އެއްވަނަ ހޯދީ އަހުމަދު ރިޒާއެވެ. ރިޒާ ރޭސް ނިންމީ 49.36 މިނެޓުންނެވެ. 56.33 މިނެޓުން ރޭސް ނިންމައިގެން މިބައިން ދެވަނަ އަހުމަދު އާތިފް ހޯދިއިރު، ތިންވަނަ އަަށްދިޔައީ ހުސައިން ޝަމީމް ރޭސް ނިންމީ 57.00 މިނެޓުން ރޭސް ނިންމައިގެންނެވެ.