ޚަބަރު

މިނިވަން 50 ފުނަ ހަރަކާތް ކ.ތުލުސްދޫގައި ފެށިއްޖެ


މިނިވަން ފަންސާސް ފުނަ ހަރަކާތް ކ. ތުލުސްދޫގައި ފަށައިފިއެވެ.



މިއީ ރާއްޖޭގެ މިނިވަން ކަމަށް 50 އަހަރު ފުރުމުގެ
މުނާސަބާގައި ސަރުކާރުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ކުރިއަށްގެންދާ ފުނަ ޙަރަކާތްތަކުގެ
ތެރޭގައި ހިމެނިގެން މިހަރަކާތްތައް ބާއްވާ 18 ވަނަ އަތޮޅުގައެވެ.



ރާއްޖޭގެ ސަގާފަތާއި ތާރީހީ ހަރަކާތްތައް
ހިމަނައިގެން ބާއްވަމުންދާ ފުނައިގެ ކ.އަތޮޅުގެ ހަރަކާތްތައް ފައްޓަވައިދެއްވީ
ހޯމް މިނިސްޓަރގެ ނައިބް އަހްމަދު ސަލީމްއެވެ.



ފުނަ ފައްޓަވާދެއްވުމުގެ ގޮތުން ވާހަކަ
ދައްކަވަމުން ސަލީމް ވަނި ރާއްޖޭގައި މިއޮތް މިނިވަންކަމާއި އެކަން
ދެމިގެންދާގޮތާއި މިނިވަންކަންމަތީ ތިބުމުން ލިބޭ ފައިދާތަކުގެ މައްޗަށް
އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ.



ކ. އަތޮޅުގައި ބާއްވާ ފުނަ ހަރަކާތުގައި އެ
އަތޮޅުގެ ފަސް ރަށަކުން ބައިވެރިވެފައިވެއެވެ.



މިނިވަން ފަންސާސް އާއި ގުޅިގެން ބާއްވާ ފުނަ ހަރަކާތް
ދެން ކުރިއަށްދާނީ ބ. އަތޮޅު އޭދަފުށީގައިކަމަށް މިނިވަން ފަންސާސް އޮފީހުން
މައުލޫމާތުދެއެވެ.