ޚަބަރު

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑްގެ ޕްލޭއޭރިޔާ އަޕްގްރޭޑްކޮށްފި


ރޮޓަރީ ކްލަބް އޮފް
މާލޭގެ ފަރާތުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ވޯޑްގެ ޕްލޭ އޭރިޔާ އަޕްގްރޭޑްކޮށް
ލައިބްރަރީއެއް ގައިމްކޮށްފިއެވެ.



އައިޖީއެމްއެޗުން
ބުނީ މި ޕްލޭ އޭރިޔާގައި ކުދިން މުނިފޫހިފިލުވުމަށްޓަކައި 48 އިންޗީގެ
ޓީވީއަކާއި ޑީވީޑީ ޕްލޭޔަރަކާއި ގޭމް ހިމެނޭގޮތަށް ޕްލޭ ސްޓޭޝަން ސިސްޓަމެއްވެސް
ބަހައްޓާފައިވެއެވެ. އަދި ޚާއްސަ ފޮތް ލައިބްރަރީއެއްވެސް ގައިމްކޮށްފައިވާކަމަށެވެ. އެ
ހޮސްޕިޓަލުން ބުނީ ކުރިއަށް އޮތްތަނުގައި ކުޑަކުދިންގެ  ވޯޑްގެ ފާރުތަކާއި ހޯލްވޭ ހިމެނޭގޮތަށް ސްޓިކާ
ހަރުކޮށް އެތަން ޒީނަތްތެރިކުރުމަށް ހަމަޖެހިފައިވާކަމަށެވެ.



މިއީ ކުޑަކުދިންގެ
ވޯޑްގެ އާއްމު ސަރަޙައްދުގެ ފެންވަރު ރަގަޅުކޮށް ކުޑަކުދިންނަށާއި
ބެލެނިވެރިންނަށް ހިތްހަމަޖެހޭ މާހައުލަކަށް ބަދަލުކުރުމުގެ ގޮތުން ރޮޓަރީ ކްލަބްގެ
އިސްނެގުމާއެކު އެންސިސް ފިޝަރީޒް ގްރޫޕްގެ ޕާޓްނަރޝިޕްގެ ދަށުން ހިންގުނު
ޕްރޮޖެކްޓެކެވެ.