އަތޮޅުތައް

ނ. މިލަދޫގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވައިފި


ނ. މިލަދޫގައި އެސްޓީއޯގެ ބޭސް ފިހާރައެއް ހުޅުވައި ޚިދުމަތްދޭން ފަށައިފިއެވެ.މިލަދޫ ސިއްހީ މަރުކަޒުގެ އިމާރާތުގެ ތެރޭގައި ހުޅުވުނު މި ބޭސް ފިހާރައާއިއެކު، ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެކަމަށް އެ ރަށުގެ ރައްޔިތުން ބުނެއެވެ.މިލަދޫ ރައްޔިތުން މީގެ ކުރިން ބޭސް ސިޓީ އަށް ބޭސް ނަގަން ދަނީ ވެރިކަން ކުރާ ރަށް މަނަދޫއަށް ނުވަތަ ފާމަސީ ހުރި އެހެން ކޮންމެވެސް ރަށަކަށެވެ.އެސްޓީއޯގެ ފަރާތުން މިލަދޫގައި ޤާއިމްކުރި މިފާމަސީއާއި އެކު މިހާރު އެއަތޮޅުގެ މީހުން ދިރިއުޅޭ 12 ރަށެއްގައި އެސްޓީއޯގެ ފާމަސީ ވަނީ ގާއިމްކޮށްފައެވެ.ނ.އަތޮޅުގައި ފާމަސީއެއް ނެތް ހަމައެކަނި ރަށަކީ މާފަރެވެ. ނަމަވެސް މާފަރުގައި އެސްޓީއޯގެ ފާމަސީއެއް ހުޅުވުމަށް ކުރަން ޖެހޭ ގިނަ ކަންކަން ނިމިފައިވާ ކަމަށާއި ވަރަށް އަވަހަށް އެރަށުގައިވެސް ފާމަސީއެއްގެ ހިދުމަތް ދޭން ފަށާނެ ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.