ޚަބަރު

މަޑަވެލި ކޯޓުގެ މެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި


ގދ.މަޑަވެލި މެޖިސްޓްރޭޓް ޝާޢިރު ޙަސަންއާ ބެހޭގޮތުން ތަޙްޤީޤުކުރި ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން ވިދާޅުވެފައިވަނީ މެޖިސްޓްރޭޓް ޝާޢިރު ހަސަންގެ މައްސަލަ ބަލަން ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހުގައިކަމަށެވެ. އަދި މިމައްސަލަ ބެލުމަށްފަހު މެޖިސްޓްރޭޓް ޝާޢިރު ހަސަންގެ މައްޗަށް ސުލޫކީ މައްސަލަ ސާބިތު ވެފައި ނުވުމުން މިމަހުގެ 28 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި އޭނާގެ މައްޗަށް މިމައްސަލަ ސާބިތު ނުވާކަމަށް ނިންމަފައިވާކަމަށެވެ.

ޖޭއެސްސީއަށް ހުށަހެޅިފައިވާ ރަށްރަށުގެ މެޖިސްޓްރޭޓުންނާއި، އަދި މާލޭގެ އެކި ކޯޓުތަކުގެ ފަނޑިޔަރުންނާއި، ގުޅޭ ގިނަ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. މީގެ ތެރޭގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކާއި، މަސްލަހަތު ހިމެނޭ މައްސަލަތައް ބެލުމާއި، މަޤާމުގެ ނުފޫޒު ބޭނުންކުރާ މައްސަލަތައްވެސް ހިމެނެއެވެ. ޖޭއެސްސީން ވަނީ މިފަދަ ބައެއް މައްސަލަތައް ނިންމައި ބައެއް ބޭފުޅުން މަޤާމުތަކުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ފޮނުވާފައެވެ.