ޚަބަރު

ކޯވިޑް-19 : އިތުރު 16 މީހުން ޕޮަޒިޓިވްވެ، 10 މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން މިއަދު 16 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 10 މީހުން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޯމަދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް މާލެ ސަރަހައްދުން ޕޮޒިޓިވްވީ 11 މީހުންނެވެ. އަދި ރަށްރަށުން ޕޮޒިޓިވްވެފައިވަނީ އެންމެ މީހެކެވެ. ރިސޯޓްތަކުން 4 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13660އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19އިން ރަނގަޅުވީ 10 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 13082 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ރާއްޖޭގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ ޢަދަދަކީ 523 އެވެ. މިބަލީގައި މިހާރު އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނީ 35 މީހުންނަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 2340 ސާމްޕަލެއް ވަނީ ނަގާފައެވެ. މިހާތަނަށް ރާއްޖެއިން މިބަލި ދެނެގަތުމަށް ތިންލައްކަ އަށްހާސް އަށްސަތޭކަ ހަތްދިހަ ތިން ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.