ޚަބަރު

ހ. ހިޔާކޯޅީގައި ހުރި އެޕާޓްމެންޓެއް ފުލުހުން ބަލާ ފާސްކޮށްފި


ފުލުހުން ބަލަމުންދާ މައްސަލައަކާއި ގުޅިގެން
ހެންވޭރު ހިޔާކޯޅި ނަމަކަށް ކިޔާ ގެއެއް މިރޭ ބަލާފާސްކޮށްފިއެވެ.



ފުލުހުން ބުނީ ކޯޓު އަމުރެއްގެ ދަށުން މިރޭ
ބަލާފާސްކޮށްފައިވަނީ ހެންވޭރު ހިޔާކޯޅި ގޭގެ ދެވަނަ ފަންގިފިލާކަމަށް. އަދި
އެތަނުން ފުލުހުން ބަލަމުންދާ މައްސަލައާއި ގުޅުންހުރި ބައެއް ތަކެތި
ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެއެވެ.



ފުލުހުން ތަހްޤީޤްކުރަމުންދާ މައްސަލައަކަށްވާތީ،
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުނެއް ނުދެއްވައެވެ.