ވިޔަފާރި

އަޒުރު އެއަރ ޔޫކްރެއިންގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


އަޒުރު އެއަރ ޔޫކްރެއިންގެ ޙާއްސަ ދަތުރުތަކެއް ރާއްޖެއަށް ފަށައިފިއެވެ.

އަޒުރު އެއަރ ޔޫކްރެއިންއިން ރާއްޖެއަށް ދަތުރުތައް ބާއްވާ މިއީ ފުރަތަމަ ފަހަރެވެެ. މިއަދު ފަތިހު އެ އެއަރލައިންގެ ފުރަތަމަ ފުލައިޓަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ.
އަޒުރު އެއަރ ޔޫކްރެއިންގެ ފުރަތަމަ ފްލައިޓުވެސް ރާއްޖެއަށް އައިސްފައިވަނީ ފުލްކޮށެވެ. މި ފްލައިޓުގައި ރާއްޖެއަށް 311 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޔޫކްރެއިންގެ ވެރިރަށް ކިއެވްއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޒުރު އެއަރ ޔޫކްރެއިންއިން ކުރާ މި ދަތުރުތައް އަންނަ މާރޗުމަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. އެގޮތުން ޖުމްލަ 17 ދަތުރު އަޒުރު އެއަރ ޔޫކްރެއިންއިން ރާއްޖެއަށް ކުރާނެކަމަށް އެމްއޭސީއެލުން މައުލޫމާތުދެއެވެ.

އަޒުރު އެއަރގެ ދަށުން ހިންގާ އަޒުރު އެއަރ ރަޝިއާއިން މިހާރުވެސް ދަނީ ރަޝިއާއާއި ރާއްޖެއާ ދެމެދު ހަފްތާއަކު އެއް ދަތުރު ބާއްވަމުންނެވެ.