ޚަބަރު

އަޑިއަށްދިޔަ "ސަން މާމިގިލި" ފެރީ ތިލަކޮށްފި.


މާލެ އިން ފުރައިގެން
އދ. މާމިގިއްޔަށް ދަތުރު ކުރަނިކޮށް މިދިޔަ މަހު އަޑިއަށްދިޔަ "ސަން" ފެރީ، ފުންކޮށްފި.



އެމްއެންޑީއެފުންބުނީ
މި ދޯނި ފެންމަތިކޮށްފައި ވަނީ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް
ސްކޮޑްރަންއާއި، ދޯނީގެ ވެރިފަރާތުން ހަމަޖެއްސި ޑައިވަރުންގެ އެހީތެރިކަމާއެކު
ކަމަށް.



40 މީޓަރު އަޑީގައި އޮތް މިދޯނި ފެންމަށްޗަށް ނަގާފައިވަނީ
މެދުނުކެނޑި 12 ދުވަހު މަސައްކަތައް ކޮށްގެން ކަމަށް އެމްއެންޑީއެފުން ބުނޭ. މި
ދޯނި ފެންމަތި ކުރުމަށްޓަކައި އެކި ފަހަރުމަތިން ޑައިވަރުން ވަނީ މަސައްކަތް
ކޮށްފައި.



ސެޕްޓެމްބަރު 15 ވަނަ
ދުވަހުގެ ރޭ ފަތިހު މާލެއިން ފުރައިގެން އދ މާމިގިއްޔަށް ދަތުރުކުރަމުންދަނިކޮށް މިފެރީ އަޑިއަށްގޮސްފައިވަނީ ފިހާޅޮއްސާ ހިސާބުން. މިހާދިސާގައި އަށްޑިހަ އެއްމީހަކު ފެރީން ދަތުރުކުރި ނަމަވެސް
އެއްވެސް މީހެއްގެ ފުރާނައަށް ގެއްލުންވެފައިނުވޭ.  އަޑިއަށްދިޔަ މިފެރީން ކުޑަކުދިންނާއި މާބަނޑު މީހުންވެސް ސަލާމަތްކޮށްފައިވާއިރު، ސަލާމަތް ކުރެވުނީ ފެރީން
ދަތުރުކުރި ޖުމްލަ އަދަދު ކަމެއް އަދިވެސް ކަށަވަރު ނުވާކަމަށް އެމްއެންޑީއެފުން
ވަނީ ބުނެފައި.