ޚަބަރު

މާލެއަށް ބޯކޮށް ވާރޭވެހި އެސްޓީއޯ ފުށް ގުދަން ސަރަޙައްދުގައި ފެންބޮޑުވެއްޖެ


މާލެއަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން އެސްޓީއޯގެ ފުށް ގުދަން ސަރަޙައްދުގައި ފެންބޮޑުވެއްޖެއެވެ.

އެ ސަރަޙައްދުގައި ފެން ހިންދުމުގެ މަސައްކަތް ޕަމްޕް ބޭނުންކޮށްގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސަސް އިން މިހާރު އަންނަނީ ކުރަމުންނެވެ.

ފުށްގުދަން ސަރަހައްދުގައި ފެންބޮޑުވި ނަމަވެސް ފުށް ގުދަންތެރެއަށް ފެންވަދެފައި ނުވާ ކަމަށް އެސްޓީއޯއިން މަޢުލޫމާތުދެއްވައެވެ.

ރާއްޖޭގެ ސަރަހައްދުގައި އުފެދިފައިވާ ޓްރަފެއްގެ ސަބަބުން ކުރިޔަށް އޮތް 24 ގަޑިއިރަށްވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއި އެކު ބޯކޮށް ވާރޭ ވެހޭނެކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ. މިއަދު މެންދުރު 12:00 އާ ހަމައަށް ނ. އަތޮޅާއި މ. އަތޮޅާ ދެމެދުގެ ރަށްތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓް އޮފީހުން ވައިޓް އެލަރޓް ނެރެފައިވާ އިރު މާލެއަށް މިއަދު ހެނދުނު ވާރޭ ވެހުމުގެ ސަބަބުން ބައެއް މަގުތަކުގައިވަނީ ފެންބޮޑުވެފައެވެ.

މެޓް އޮފީހުން ނެރެފައިވާ އެލަރޓުގައި ރާއްޖޭގެ އެކި ސަރަޙައްދަށް ވިލާގަނޑުގައި 40 މޭލަށް ވައިގަދަވާނެ ކަމަށްވަނީ ލަފާކޮށްފައެވެ. އަދި މެދު ރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް ގަދަވެ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް މެޓް އޮފީހުންވަނީ ލަފާކުރެއެވެ.

ޙަބީބު.

އަބަދުވެސް މިކިޔަނީ ހުރިހާ ބާރެއް މާލެޔައް ތޮއްޖައްސާފަ ނުބާއްވާށޭ ތިޔަގުދަން ކުޅުދުއްފުށި ދެ ކުނުން ފުވައްމުލައް ކަހަލަ ތާ ކު ގާއިމު ކޮއްފަ އެދެސަރަހައްދައް ރިސޯޓު ސަޕްލައި ލޯޑިން ކުރެވޭނެ އިންތިޒަމު ހަމަޖައްސަބަލަ ހުރިހާއެއްޗެއްބަލާ ކަމުން ކަންފަށާ މާލެގޮސް ގަނަތެޅުން ނިންމަ ބަލަ