ޚަބަރު

ކެލައާއި ވައިކަރަދުއިން ކޯވިޑަށް ބަޔަކު ޕޮޒިޓިވްވެއްޖެ


ހއ.ކެލާއާއި ހދ.ވައިކަރަދޫގައި ހޯމް ކަރަންޓީނުގައި ތިބި ބަޔަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.

ކެލާ ކައުންސިލުން ބުނީ އެރަށު ގެއެއްގައި ހޯމް ކަރަންޓީންގައި ތިބި 3 މީހެއް ކޯވިޑަށް ޓެސްޓްކުރުމަށް ނެގުނު ސާމްޕަލްތަކުގެ ތެރެއިން 2 މީހެއްގެ ސާމްޕަލް ކޯވިޑަށް ޕޮޒިޓިވްވެފައިކަމަށެވެ. އަދި ވައިކަރަދޫގައި ހޯމްކަރަންޓީންގައި ހުރި 5 އަހަރުގެ ކުޑަކުއްޖަކުވެސް ކޯވިޑްއަށް ޕޮޒިޓިވްވެފައިވާކަމަށް އެރަށު ކައުންސިލުން ބުނެއެވެ. މިކުއްޖާ ޕޮޒިޓިވްވެފައިވާކަން އެނގުނީ ކަރަންޓީން ނިންމުމަށްފަހު ނެގި ސާމްޕަލް ޕޮޒިޓިވްވުމުންކަމަށް އެރަށު ކައުންސިލުން ބުނެއެވެ.

ވައިކަރަދޫ ކައުންސިލުން ބުނީ ޕޮޒިޓިވްވީ ކުއްޖާ ހިމެނޭ ޢާއިލާގައި އިތުރު ކުޑަކުއްޖަކުވެސް ހޯމް ކަރަންޓީނުގައި ހުރި ކަމަށެވެ. އަދި ޕޮޒިޓިވްވީ ކުއްޖާއާއިއެކު ޖުމްލަ 6 މީހުން ހޯމް ކަރަންޓީނުގައި ހުރިކަމަށް ކައުންސިލުން ބުނެއެވެ.