ޚަބަރު

ޕީއެސްޖީ މޮޅުވެ ތާވަލްގެ 2ވަނައަށް ޖެހިލައިފި


ފްރެންޗް ލީގްގައި ޕީއެސްޖީ މޮޅުވެ ތާވަލްގެ 2ވަނައަށް ޖެހިލައިފިއެވެ.

ލީގުގައި އަމިއްލަ ދަނޑުގައި ޕީއެސްޖީ މެޗު ކާމިޔާބުކުރީ ލޮރިއެންޓްއާ ވާދަކޮށް 2-0 ލަނޑުންނެވެ. މެޗުގައި ޕީއެސްޖީއަށް ލަނޑުތައް ކާމިޔާބުކޮށްދިނީ ކައިލަން އެމްބާޕޭ އާއި މޮއިސްކީންއެވެ. މިއީ އެންބާޕޭ ޕީއެސްޖީއަށް ކާމިޔާބު ކޮށްދިން 103ވަނަ ލަނޑެވެ. ރޭގައި ޖެހި ލަނޑާއެކު ކީން ވަނީ އެންމެފަހުން ލީގުގައި ކުޅުނު 9 މެޗުގައި 6 ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށް ދީފައެވެ.

މިމެޗުގައި ލޮރިއެންޓްގެ އެންޑްރޫ ރަވިލޮން އަށްވަނީ ރަތްކާޑު ދައްކާފައެވެ. މިމެޗްގެ ނަތީޖާއާ އެކު ލީގުގެ އެއްވަނާގައި ލިލް އޮތީ 32 ޕޮއިންޓާއެކުއެވެ. ލިލްއަށް ވުރެ އެއްޕޮއިންޓް މަދުން ލިބިގެން ޕީއެސްޖީ 2 ވަނައިގަ އޮތްއިރު ރޭގައި އެއްވަރުވި ލިޔޯން އޮތީ 30 ޕޮއިންޓާއެކު ތާވަލްގެ 3 ވަނައިގައެވެ. ރެންނައިސް އަތުން މާސޭ ރޭގައި ބަލިވި ނަމަވެސް އެޓީމު 4 ވަނައިގަ އޮތީ 27 ޕޮއިންޓާއެކުއެވެ.