ޚަބަރު

އެމްއެންޑީއެފްގެ ތަމްރީންތަކެއް މިމަހު 27ގައި، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި


އެމްއެންޑީއެފުން މިމަހުގެ 27 ވަނަ ދުވަހު ކުރިއަށްގެންދާ ތަމްރީންތައް ކުރިއަށްދާއިރު، ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް ޓްރާންސްޕީޓް އޮތޯރިޓީން އެދެފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރެފައިވާ އިޢުލާނެއްގައި އެމްއެންޑީއެފްއާއި ހަވާލާދީ ބުނެފައިވަނީ، މި ތަމްރީންގައި ކަނޑުގެ ސަތަހައިން ފެށިގެން ވައިގެތެރެ ބޭނުންކުރާނެކަމަށެވެ.

ގިރިފުށީގައި މިމަހުގެ 27 ވަނަ ދުވަހު ބާއްވާ ތަމްރީންތައް އޮންނާނީ، އިރުއޮއްސި 18:00 އިން ފެށިގެން ރޭގަނޑު 22:30އާއި ހަމައަށެވެ.

މި ތަމްރީނަކީ ހަތިޔާރާއި، ޕައިކޯ ޓެކްނިކްސް ބޭނުންކޮށްގެން ކުރިއަށްގެންދާ އަސްކަރީ ތަމްރީނެކެވެ. ތަމްރީންގައި 4100 މީޓަރުގެ ވައިގެ ސަރަޙައްދު ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު، ކަނޑުގެ ސަތަޙައިން ފެށިގެން 100 މީޓަރު އުސްމިނުގެ ސަރަޙައްދެއް ބޭނުންކުރާނެއެވެ. ވައިގެ ސަރަޙައްދު ބޭނުންކުރާނީ ގިރިފުށީ ރޭންޖުން ހުޅަނގު ދެކުނަށެވެ.

އެހެންކަމުން މި ސަރަޙައްދުގައި ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލްވެ، ދަތުރުކުރުމަށް ޓްރާންޕޯޓް އޮތޯރިޓީން ވަނީ އަންގާފައެވެ.