ޚަބަރު

ޒަކާތު ފަންޑުން ޖޫންމަހު، ބޭސްފަރުވާއަށް 1.3 މިލިޔަން ރުފިޔާ


  • ފަޤީރުންނާއި މިސްކީނުން 16.9 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

  • ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމަށް 2.5 މިލިޔަން ރުފިޔާ ދޫކޮށްފައިވޭ

ޒަކާތު ފަންޑުން މިދިޔަ އަހަރުގެ ޖޫންމަހު ފަޤީރުންނާއި މިސްކީނުންގެ ބޭސްފަރުވާއަށް 1.3 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާ ކަަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ޒަކާތު ހައުސްއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖޫންމަހު މޯލްޑިވްސް ޒަކާތު ހައުސްއިން ވަނީ ޒަކާތުގެ ބެހެނިވެރީންގެ އެކި ދާއިރާތަކަށް ޖުމުލަ 18.8 މިލިޔަން ރުފިޔާ ދޫކޮށްފައެވެ.

ޒަކާތު ފަންޑުން ހޭދަކޮށްފައިވާ ބައިތައް:

ފަޤީރުންނާއި މިސްކީނުންނަށް: 16.9 މިލިޔަން ރުފިޔާ
ފީ ސަބީފިﷲ: 1.4 މިލިޔަން ރުފިޔާ
ޢާމިލު: 256،000 ރުފިޔާ
އިބްނުއްސަބީލް: 85،000 ރުފިޔާ

ޖޫންމަހު ޒަކާތު ހައުސްއިން ފަޤީރުންނާއި، މިސްކީނުން 16.9 މިލިޔަން ރުފިޔާ ބަހާފައިވާއިރު، ޖޫންމަހު ވަނީ މުދަލު ޒަކާތުގެ ގޮތުގައި 13.1 މިލިޔަން ރުފިޔާ ބަހާފައެވެ.

ފަޤީރުންނާއި މިސްކީނުންގެ ބައި:

މުދަލު ޒަކާތް: 13.1 މިލިޔަން ރުފިޔާ
ބޯން މެރޯ ޓްރާންސްޕްލާންޓް: 2.5 މިލިޔަން ރުފިޔާ
ފަޤީރުންނާއި މިސްކީނުންނަށް ބޭސްފަރުވާގެ އެހީ: 1.3 މިލިޔަން ރުފިޔާ
ޟަރޫރީ އެހީ: 62،000 ރުފިޔާ
ދަތި ޙާލުގައި އުޅޭ ކިޔަވާ ކުދިންނަށް: 6،450 ރުފިޔާ

ޒަކާތު ފަންޑުން ޑިސެމްބަރު މަހު ފީސަބީލިﷲ އަށް ޚަރަދުކުރި ދާއިރާތައް:

މަތީ ތަޢުލީމު ފުރިހަމަ ކުރުމަށް: 626،534 ރުފިޔާ
ޤުރުއާން ހިތުދަސްކުރުމާއި ޤުރުއާނުގެ ޢިލްމު ފެތުރުން: 806،395 ރުފިޔާ
ޒަކާތުގެ ދާއިރާއިން ދިރާސާކުރުމަށް: 54،192 ރުފިޔާ

ޒަކާތު ހައުސްގެ ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހު މުދަލު ޒަކާތުގެ ގޮތުގައި ލިބިފައިވާ އަދަދު ވަނީ ދެގުނަ އިތުރުވެފައެވެ. އެގޮތުން ޖޫންމަހު މުދަލު ޒަކާތުގެގޮތުގައި 21.2 މިލިޔަން ރުފިޔާ ލިބިފައިވާއިރު މިއަދަދަކީ މިދިޔަ އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނު 10.6 މިލިޔަން ރުފިޔާއާއި އަޅާ ބަލާއިރު، %100 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ޖޫންމަހުގެ ނިޔަލަށް ދައުލަތަށް މުދަލު ޒަކާތުގެ ގޮތުގައި ވަނީ 79.6 މިލިޔަން ރުފިޔާ ލިބިފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި މި އަދަދު ހުރީ 61.5 މިލިޔަން ރުފިޔާގައެވެ. އެހެންކަމުން މިއީ %29 އިތުރު އަދަދެކެވެ.