ޚަބަރު

ކުރިން މެޗުތަކުން މޮޅުވިއަސް މިހާރު އެއީ އެހާ ފަސޭހަ ކަމެއް ނޫން - ގާޑިޔޯލާ


އިނގިރޭސި ޕްރިމިއަރ ލީގުގައި މީގެ ކުރިން މެންޗެސްޓަރ ސިޓީން ވަރަށް ގިނަ މެޗުތައް ކާމިޔާބު ކުރިކަމަށާއި ނަމަވެސް މިހާރު މެޗުތަކުން މޮޅުވުމަކީ އެހާ ފަސޭހަކަމެއް ނޫންކަމަށް މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިޔޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ އޭރުގައި މެޗުތައް ކާމިޔާބު ކުރެވުނަސް މިހާރު މެޗުތައް ކާމިޔާބުކުރަން މާއުނދަގޫ ކަމަށާއި އެހެންކަމުން ލީގުގައި އެއްވެސް ޓީމަކަށް މެޗުތަކުން މޮޅުވެވޭނެކަމުގެ ޔަގީންކަން މިހާރު ނޯންނާކަމަށެވެ. ސިޓީ މިސީޒަންގައި މަސައްކަތް ކުރަމުންދަނީ ތަފާތެއް ދެއްކޭތޯ ކަމަށާއި ޓީމަށް ބައެއް މެޗުތަކުގައި ބަދަލުގެނެސް ކުޅުވަނީ އެހެންވެގެން ކަމަށް ގާޑިއޯލާ ބުންޏެވެ. ގާޑިޔޯލާ ބުނީ އެނާގެ ޓީމުގެ ފެންވަރާއި ހާލަތު ރަނގަޅަށް އެނގޭކަމަށާއި އުނދަގޫވި ނަމަވެސް މިހާލަތުގައި ޓީމު ހަމަޔަކަށް އޭނާއަށް އެޅުވޭނެކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

ސިޓީއަށް ދެފަހަރު ލީގުގެ ތަށި ހޯދައިދިން ކޯޗު ބުނީ މިއީ ލީގުގެ އެންމެ މުހިންމު ދުވަސްވަރުކަމަށާއި އަދި ލީގުގައި ކުރިޔަށް ގިނަ މެޗުތައް ހުރުމުން ވާނެގޮތެއް ބުނަން ނޭގޭކަމަށެވެ. ލީގުގައި މޮޅުވާން ބޭނުން ކަމުގައިވާނަމަ ރަނގަޅު ފޯމުގައި މެޗުތަކުގައި މޮޅުކުޅުން ދައްކަންޖެހޭކަމަށް ގާޑިޔޯލާ ފާހަގަކުރިއެވެ. ލީގުގައި އެންމެފަހުން ޔުނައިޓެޑާ ކުޅެ ލަނޑެއް ނުޖެހި އެއްވަރުވި މެޗުގައި ސިޓީން ވަނީ 9 ހަމަލާއެއް އުފައްދާފައެވެ. މިއީ 2017 ވަނަ އަހަރުފަހުން ލީގުގައި ރަށުން ބޭރުގައި ލަނޑެއް ނުޖެހި ސީޓީ ވިދިވިދިގެން ނިންމާލި 2ވަނަ މެޗެވެ. މިވަގުތު ލީގުގައި ކުޅުނު 11 މެޗުން ހޯދި 19 ޕޮއިންޓާއެކު ސީޓީ އޮތީ ލީގުގެ 9 ވަނައިގައެވެ. ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ސިޓީ ނުކުންނާނީ ވެސްޓްބްރޮމްއާ ދެކޮޅަށެވެ.