ޚަބަރު

ޓީމުތައް ވަރުގަދަ ލީގު ކާމިޔާބުކުރަށް އުނދަގޫވާނެ - ޗެލްސީގެ ކޯޗް ލަންޕާޑު


އިނގިރޭސި ޕްރިލީގުގެ މި ސީޒަން ކާމިޔާބުކުރަން އުނދަގޫވާނެކަމަށާއި ޓީމުތައް ފެންނަނީ ވަރަށް ވަރުގަދަކޮށްކަމަށް ޗެލްސީގެ ކޯޗު ފެރޭންކް ލަންޕާޑު ބުނެފިއެވެ.

ލަންޕާޑު ބުނީ ޗެލްސީ އެންމެފަހުން އެވަޓަންއާއި ދެކޮޅަށް ކުޅުނު މެޗަށް ބަލާލުމުން ވެސް ޓީމުތަކަށް ނަތީޖާ ހޯދަން އުނދަގޫވެފައިވާ މިންވަރު ސާބިތުވާކަމަށެވެ. ޗެލްސީއެކޭ އެއްފައިދައިން އެވަޓަން މިސީޒަނަށް އޮތީ ވަރަށް ރަނގަޅު ޓީމެއް އެކުލަވާލާއި ތައްޔާރުވެފައިކަމަށްވެސް ލަންޕާޑު ބުންޏެވެ. ލަންޕާޑު ބުނީ ޗެލްސީ މި ސީޒަނުގެ ތައްޔާރުވުންތައް ދިޔައީ ތަފާތުކޮށް ކަމަށާއި ޓީމުގެ ހާލަތު މަޑުމަޑުން ރަނގަޅުވަމުން އައިސް ކުރިއެރުންތަކެއް ހޯދަމުން އަންނަކަމަށެވެ. އަމިއްލަ ހެދުނު ގޯސްތަކެއްގެ ސަބަބުން މުހިންމު ޕޮއިންޓް ތަކެއް އަތުން ގެއްލިގެން ހިގައްޖެކަމަށްވެސް ޗެލްސީގެ ކޯޗުކަމުގައި 2ވަނަ ސީޒަން ހޭދަކުރަމުންދާ ލަންޕާޑު ބުންޏެވެ.

ލަންޕާޑު ބުނީ ރަނގަޅު ފޯމުގައި ޓީމު އޮވެ ކުރިއެރުން ހޯދަން މަސައްކަތް ކުރަން ޖެހޭކަމަށާއި އެއް ފެންވަރެއްގައި ލީގުގައި ހިފަހައްޓާލުން މުހިންމުކަމަށެވެ. ލަންޕާޑު ބުނީ ޓީމާ އަލަށް ގުޅުނު ކުޅުންތެރިންނާއި ޓީމުގެ ތިބި ޒުވާން ކުޅުންތެރިންނަށް އަދި އެކަށީގެންވާ ވަގުތު ބޭނުންވާކަމަށެވެ. މިރޭ ލީގުގައި ވުލްވޯސްއާ ދެކޮޅަށް ނުކުންނައިރު އެޓީމަކީ ވަރުގަދަ ސްކޮޑެއް އޮތް ވަރުގަދަ ޓީމެއް ކަމަށް ވެސް ލަންޕާޑު ބުނެފައިވެއެވެ. މިމެޗަށް ނުކުންނައިރު ޗެލްސީއަށް 12 މެޗުން ލިބުނީ 23 ޕޮއިންޓެވެ. އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ 5ވަނައިގައެވެ.