ޚަބަރު

ކޯވިޑް-19 : 11 މީހުން ޕޮޒިޓިވްވެ، 25 މީހުން ބަލިން ރަނގަޅުވެއްޖެ


ރާއްޖެއިން މިއަދު އިތުރު 11 މީހުން ކޯވިޑް-19އަށް ޕޮޒިޓިވްވެ، 25 މީހުން ބަލިން ރަނގަޅުވެއްޖެެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ޢާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އާދިއްތަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން ހޯމަދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް މާލެ ސަރަަހައްދުން ޕޮޒިޓިވްވީ 7 މީހުންނެވެ. އަދި ރަށްރަށުން އެކަކު ޕޮޒިޓިވްވެފައިވެއެވެ. މީގެއިތުރުން ރިސޯޓްތަކުން 3 މީހުން ޕޮޒިޓިވްވެފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދުވަނީ 13370 އަށް އަރާފައެވެ.

މިއަދު ރާއްޖެއިން ކޯވިޑް-19 ބަލިން ރަނގަޅުވީ 25 މީހުންނެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 12731 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މިހާރު ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު މަދުވާން ފަށާފައިވާއިރު، މިބަލީގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ593އެވެ. މިބަލީގައި އެޑްމިޓްކޮށްގެން މިހާރު ފަރުވާދެމުންގެން ދަނީ 62 މީހުންނެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1854 ސާމްޕަލެއް ވަނީ ނަގާފައެވެ. މިއާއެކު ރާއްޖެއިން މިބަލި ދެނެގަތުމަށް 271346 ސާމްޕަލް ވަނީ ނަގާފައެވެ. ރާއްޖޭގައި ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން، މިހާތަނަށް 48 މީހުން ވަނީ ނިޔާވެފައެވެ. އެއީ 40 ދިވެހިންނާއި، 8 ބިދޭސީންނެވެ.