ޚަބަރު

މާލޭގައި 6 ތަނަކުން ކޯވިޑް ޓެސްޓް ހެދޭނެ


މާލެ ސަރަޙައްދުގެ 6 ތަނަކުން ޕީސީއާރް ޓެސްޓު ހެދޭނެކަމަށް އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިކަން ހާމަކުރައްވާފައިމިވަނީ މާލެ ސަރަޙައްދުގެ ގެސްޓްހައުސްތައް ހުޅުވާލުމަށް ނިންމުމާއެކު އެތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން މަހަކު އެއްފަހަރު ޕީސީއާރް ޓެސްޓު ހަދަންޖެހޭ ގޮތަށް އެޗްޕީއޭގެ އުސޫލު ޢާއްމުކުރުމާއެކުއެވެ.

ގްރޭޓަރ މާލެ ސަރަހައްދުން ޕީސީއާރް ޓެސްޓް ހެދޭ ތަންތަން:

އައިޖީއެމްއެޗް
އޭޑީކޭ ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލް
މެޑްލެބް ޑައިގްނޯސްޓިކްސް
ރިސޯޓް މެޑިކަލް ލެބޯޓްރީ ސަރވިސް
ހުޅުމާލެ ހޮސްޕިޓަލް

މާލެ ސަރަޙައްދުގައި ހުރި ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތައް އަލުން ހުޅުވުމުގެ ހުއްދަ އެޗްޕީއޭއިން ދީފައިވަނީ ޚާއްސަ އުސޫލެއްގެ މަތިންނެވެ. އެގޮތުން މިއުސޫލުގައި ބަޔާންކޮށްފައިވާކަންކަން ކަށަވަރުކުރުމަށް މިނިސްޓްރީ އޮފް ޓޫރިޒަމްގެ މައްޗަށްވަނީ ލާޒިމްކޮށްފައެވެ. މިސަރަޙައްދުގެ ގެސްޓް ހައުސްތަކާއި ޓޫރިސްޓް ހޮޓާތައް ހުޅުވުމުގެ ހުއްދަ ދެއްވާފައިވަނީ ބަލި ޖެހޭ ނިސްބަތް ވޭތުވެދިޔަ ހަފްތާތަކުގެ ތެރޭގައި 5 އިންސައްތައަށްވުރެ ދަށުގައި ހިފެހެއްޓިފައިވާތީ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.