ސިޔާސީ

އދގެ ވޯކިންގްރޫޕުގެ ލަފަޔަށް ބޯލެނބުމަށް ގޮވާލާ މުޒާހަރާކޮށްފި


އދގެ ވޯކިންގްރޫޕް އޮން އާރބިޓްރީ ޑިޓޭންޝަނުން ދީފައިވާ ލަފަޔަށް ބޯލެނބުމަށް ސަރުކާރަށް ގޮވާލާ، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލާ އެމްޑީޕީން މިއަދު މުޒާހަރާ ކޮށްފިއެވެ.މާލޭގައި ބޭއްވި މުޒާހަރާގައި އެޕާޓީގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތްތަކާއި، އެޕާޓީއަށް ނިސްބަތްވާ މަޖްލިސް މެމްބަރުންގެ އިތުރުން ޕާޓީއަށް ތާއީދުކުރާ މެމްބަރުން ބައިވެރިވެ ޝުއޫރު ފާޅުކޮށްފައިވެއެވެ.މިމުޒާރާ މާލޭގެ އިތުރުން މިއަދު އައްޑޫސިޓީއާއި، ފުވައްމުލަކާއި، ލ. ގަމުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި ވެސް ކުރިޔަށްގެންގޮސްފައިވަކަމަށް ޚަބަރު ލިބިފައިވެއެވެ.އދގެ ވޯކިންގްރޫޕް އޮން އާރބިޓްރީ ޑިޓޭންޝަނުން ދީފައިވާ ލަފަޔަކީ މެމްބަރު ޤައުމުތަކުން ކޮންމެހެން ޢަމަލު ކުރަން ޖެހޭ އެއްޗެއް ނޫންކަމަށް ފޮރިން މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.