ޚަބަރު

މީޑިއާނެޓްގެ ފްރީކުއެންސީ ބަޔަކު ދަނީ ޖޭމްކުރަމުން!


ކޭބަލްޓީވީގެ ޙިދުމަތް ފޯރުކޮށްދޭ މީޑިއާނެޓުގެ
ފްރީކުއެންސީ ބަޔަކު ޖޭމްކުރަމުންދާ މައްސަލަ ފުލުހުން ބަލަންފަށައިފިއެވެ.



މީޑިއާ ނެޓުން ބުނީ، މީޑިއާ ނެޓުގެ ފްރީކުއެންސީ
ޖޭމްކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާކަމަށާއި، އެކަމުގެ ސަބަބަން އެފަރާތުން
ދޫކުރާ ޗެނަލްތައް ބެލުމުގައި ކަސްޓަމަރުންނަށް ދަތިތައް ކުރިމަތިވެގެން ގިނަ
އަދަދަކަށް ޝަކުވާ ހުށަހެޅުނުކަމަށެވެ. އަދި މީޑިއާ ނެޓުގެ އިންޖިނިއަރުން ކުރި
މަސައްކަތުން މިއީ ކޮން ބައެއް ކުރާ ކަމެއްކަން ހޯދާފައިވާކަމަށާއި އެކަމާއި ބެހޭ
މައުލޫމާތު ފުލުހުންނާއި ހިއްސާކޮށްފައިވާކަމަށެވެ.



ފުލުހުން ބުނީ މިމަހުގެ ހަ ވަނަ ދުވަހު މީޑިއާ
ނެޓުން އެމައްސަލަ ހުށަހަޅާފައިވާކަމަށާއި، އެމައްސަލަ މިހާރު ތަހްޤީޤްކުރަމުންދާކަމަށެވެ.



މީޑިއާ ނެޓުން ބުނީ އެފަރާތުގެ ވަކީލުން މިހާރު
ދަނީ ބްރޯޑްކާސްޓިންގ ޤާނޫނުގެ ދަށުން މިކަމުގައި ޤާނޫނީ ގޮތުން އަޅާނެ
ފިޔަވަޅުތައް ބަލަމުންކަމަށެވެ.