ޚަބަރު

ސަލްޒްބާގް ބަލިކޮށް އެތުލެޓިކޯ އިން ޗެންޕިއަންސް ލީގްގެ 2ވަނަ ބުރަށް


ޔޫއެފާ ޗެމްޕިއަންސް ލީގުގައި ސަލްސްބާގް ބަލިކޮށް އެތުލިޓެކޯއިން މުބާރާތުގެ ދެވަނަ ބުރުން ޖާގަހޯދައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ސަލްސްޒްބާގް މައްޗަށް އެތުލެޓިކޯއިން ކުރި ހޯދީ 2-0 ލަނޑުންނެވެ. މެޗުގައި އެތުލިޓިކޯއަށް ލަނޑުތައް ކާމިޔާބުކުރީ މާރިއޯ ހާމޯސޯ އާއި ޔަނިކް ކަރަސްކޯއެވެ. އެތުލެޓިކޯ ވަނީ ގުރޫޕްގައި ކުޅުނު 6 މެޗުން 9 ޕޮއިންޓް ހޯދާފައެވެ. މިއީ ޑިއޭގޯ ސިމިއޯނީގެ ކޯޗުކަމުގައި ސްޓޭޖުން ޖާގަ ހޯދި 7 ވަނަފަހަރުއެވެ. ވޭތުވެދިޔައި 8 ސީޒަނުގެ ތެރެއިން އެޓީމު ދެވަނަބުރުން ޖާގަ ނުލިބުނީ 2017 ވަނަ އަހަރުގެ ސީޒަންގައެވެ.

މި ގުރޫޕުން ބަޔާން މުބާރާތުގެ ދެވަނަ ބުރަށް ޖާގަ ހޯދީ ގުރޫޕްގެ އެއްވަނައިގައި ކުޅުނު 6 މެޗުން 16 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނަ ޓީމެއްގެ ގޮތުގައި އެތުލެޓިކޯ ދިޔައީ 9 ޕޮއިންޓް ހޯދައިގެންނެވެ. 4 ޕޮއިންޓާއެކު ގުރޫޕްގެ ތިންވަނަ ހޯދައިގެން ސަލްޒްބާގް ވަނީ ޔޫރަޕާ ލީގުގެ ދެވަނަ ބުރުން ޖާގަހޯދާފައެވެ. ލޮކޮމޯޓިވް މޮސްކާ ވަނީ މުބާރާތުން ކަޓަާފައެވެ.