ޚަބަރު

ކޯވިޑް-19 : އުކުޅަހުން 3 ވަނަ ފަތުރުވެރިޔަކު ޕޮޒިޓިވްވެއްޖެ


އއ.އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ އިތުރު ފަތުރުވެރިއަކު ކޯވިޑް19އަށް ޕޮސިޓިވްވެއްޖެއެވެ.

މިއީ ކޮވިޑަށްފަހު އެރަށް ފަތުރުވެރިކަމަށް ހުޅުވާލިފަހުން ބައްޔަށް ޕޮޒިޓިވްވި 3 ވަނަ ފަތުރުވެރިއާއެވެ.

ބައްޔަށް ޕޮޒިޓިވްވީ އެރަށު "ނަލަވެލި ވިލާ ގެސްޓްހައުސް"ގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިއެކެވެ. ފަތުރުވެރިޔާ އެކަހެރިކުުރުމުގެ މަސައްކަތް އުކުޅަހު ކައުންސިލާއި ރަށު ކޯވިޑް ޓާސްކްފޯސް ގުޅިގެންދަނީ ކުރަމުންނެވެ.

އެރަށުން ފުރަތަމަ ފަތުވެރިއަކު ބައްޔަށް ޕޮޒިޓިވްވީ މިދިޔަ ނޮވެމްބަރުމަހުގެ 22 ވަނަ ދުވަހެވެ. އަދި 2 ވަނަ ފަތުރުވެރިއަކު ނޮވެމްބަރު 27 ވަނަ ދުވަހު ވަނީ ބައްޔަށް ޕޮޒިޓިވްވެފައެވެ. ކޯވިޑްއަށް ޕޮޒިޓިވްވި އެންމެންވެސް ތިބީ އެކަހެރިކޮށްފައެވެ.

އުކުޅަހުގައި ކަރަންޓީނުގައި ހުރި މީހަކުވެސް މީގެކުރިން ވަނީ ކޯވިޑްއަށް ޕޮޒިޓިވްވެފައެވެ.