ކުޅިވަރު

ވޯލްޑްކަޕް ކޮލިފައިންގައި ނެދަލޭންޑް މަރުގެ ގުރޫޕަކަށް


2022 ވަނަ އަހަރު ގަތަރުގަ އޮންނަ ވޯލްޑްކަޕް އަށް ކޮލިފައިވުމަށްޓަކައި ކުޅޭ ޔޫރަޕުގެ ކޮލިފައިން ބުރުގައި ނެދަލޭންޑް ވަރުގަދަ ގުރޫޕެއްގައި ލައްވައިލައިފިއެވެ.

މުބާރާތުގައި ކޮލިފައިން ބުރުގައި ނެދަލޭންޑް ލައްވާލީ އެއްވަރެއްގެ ދެޓީމު ހިމެނޭ ގުރޫޕް ޖީގައެވެ. މި ގުރޫޕްގައި ދެން ހިމެނެނީ ތުރުކުއީ އާއީ ނޯވޭއެވެ. މި ދެޓީމުގެ ފަރާތުން ނެދެލަންޑަށް ޕްރެޝަރެއް ކުރިމަތިވާނެކަމަށް ބެލެވޭއިރު މި ގުރޫޕްގައި ދެން ހިމެނެނީ މޮންޓެނީގްރޯ އާއި ލެޓްވިޔާ އިތުރުން ޖިބްރަލްޓާއެވެ.

މުބާރާތުގައި ކޮލިފައިން ބުރުގައި އިނގިރޭސިން ލައްވާލީ ނިސްބަތުން ފައްސޭހަ ގުރޫޕެއްގައެވެ. އިނގިރޭސި ކޮލިފައިން ގުރޫޕް އައިގަ ވާދަކުރާނީ ވޯލްޑްކަޕް ކޮލިފައިންގަ 6 ފަހަރު ވާދަކޮށްފައިވާ ޕޯލެންޑާ އެއް ގުރޫޕެއްގައިއެވެ. ޕޯލެންޑް ވޯލްޑްކަޕްގައި ކޮލިފައިންގައި އެންމެފަހުން ބައްދަލުކުރީ 2014 ވަނަ އަހަރުގު ކޮލިފައިން ބުރުގައި އެ މެޗު އިނގިރޭސިން ކާމިޔާބުކުރީ 2-0 ލަނޑުންނެވެ. މެކްސިކޯގައި 1986ގައި ބޭއްވި ވޯލްޑްކަޕްގައި މި ދެޓީމް ވަނީ ވާދަކޮށްފައެވެ. މި ގުރޫޕްގައި މި ދެޓީމު އިތުރުން ދެން ހިމެނެނީ ހަންގޭރީ، އަލްބޭނީޔާ، އެންޑޯރާގެ އިތުރުން ސަންމަރިޔޯއެވެ.

އެންމެފަހުގެ ޗެމްޕިއަން ފްރާންސް ލައްވާލީ ޔުކްރެއިން، ބޮސްނިޔާ، ފިންލޭންޑް އަދި ކަޒަކިސްތާނާ އެއްގުރޫޕެއްގައއެވެ. ޔޫރަޕުގެ ޗެމްޕިއަން ޕޯޗުގަލް ލައްވާލީ ސާބިޔާ، ރިޕަބްލިކް އޮފް އަޔަލެންޑް، ލަގްޒަމްބާގާއި އަޒަރުބައިޖާން އެކު އެއްގުރޫޕެއްގައެވެ. ސްޕެއިނާއި ސްވިޑަން އެއް ގުރޫޕަކަށް ދިޔައި އިރު ދެން މިގުރޫޕްގައި ހިމެނެނީ ގްރީސް، ޖޯޖިޔާ އަދި ކޮސޯވޯއެވެ. 

އިޓަލީ ކޮލިފައިން ބުރުގައި ވާދަކުރާނީ ނޮދަން އަޔަލެންޑް، ސްވިޒަލެންޑް، ބަލްގޭރިޔާގެ އިތުރުން ލިތުއޭނިޔާއެކު އެއް ގުރޫޕެއްގައެވެ. މި ގުރޫޕްގައި ހިމެނޭ ސްވިޒަލޭންޑް ވަނީ 2018 ކޮލިފައިން ޕްލޭއޯފްގައި ނޮދަން އަޔަލޭންޑްގެ މައްޗަށް ކުރި ހޯދާފައެވެ. 2006 ވަނައަހަރު ވޯލްޑްކަޕް ތަށި އުފުލާލި އިޓަލީ މިވަގުތު ދެނިޔޭގެ ރޭންކިންގެ ދެވަނައިގަ އޮތްއިރު ސްވިޒަލޭންޑް އޮތީ 16 ވަނައިގައެވެ.

ދުނިޔޭގެ ރޭންކިންގެ އެއްވަނަގަވާ ބެލްޖިއަމް، ވޭލްސްއާ އެއް ގުރޫޕެއްގައި ހިމެނުނު އިރު މީގެ ހަތަރު އަހަރުކުރިން މިދެޓީމު ޔުރޯ ފުޓްބޯޅަ މުބާރާތުގައި ވާދަކުރި މެޗު ފަހަތުން އަރައި 3-1 މޮޅުވެ ވޭލްސް ވަނީ ފުރަތަމަފަހަރަށް ބޮޑު މުބާރާތެއްގެ ސެމީފައިނަލުން ޖާގަހޯދާފައެވެ. ދެން މި ގުރޫޕްގައި ހިމެނެނީ ޗެކްރިޕަބްލިކް، ބެލަރޫސްގެ އިތުރުން އެސްޓޯނިޔާއެވެ. ކޮލިފައިންގައި ސްކޮޓްލެންޑް ލައްވާލީ ޑެންމާކާއެކު އެއްގުރޫޕެއްގައެވެ.

1998 އަހަރުގެ ފަހުން ވޯލްޑްކަޕަށް ކޮލިފައިވުމުގެ އުންމީދުގައި އޮތް ސްކޮޓްލޭންޑުން މިގުރޫޕްގައި ވާދަކުރަން ޖެހިފަވާ ފެރޯ އައިލޭންޑް އާއި މޯލްޑޯވާ އަތުން އަދި ބަލިވެފައެއް ނުވެއެވެ. ގުރޫޕްގައި އެންމެ ވަރުގަދަ ކުރިމަތިލުމަކަށް ވާނެކަމަށް ބެލެވޭ ޑެންމާކާއި އެންމެފަހުން ވާދަކުރި 16 މެޗުގެ ތެރެއިން ޑެންމާކް ވަނީ 10 މެޗު ކާމިޔާބުކޮށްފައެވެ.

މުބާރާތުގެ ކޮލިފައިން ބުރު ކުރިޔަށްދާނީ އަންނަ މާޗް މަހުން ފެށިގެން ނޮވެންބަރުގެ ނިޔަލަށެވެ. ކޮންމެ ގުރޫޕަކުން ވެސް އެއްވަނައަށްދާ ޓީމެއް މުބާރާތަށް ކޮލިފައިންވާއިރު ދެވަނައަށްދާ ޓީމުގެ މެދުގައި ކޮލައިފަން ޕެލޭއޯފް ބުރެއް ކުޅޭނެއެވެ. ގުރޫޕްގެ ދެވަނައަށްދާ 10 ޓިމާއި ކޮލިފައިންގައި ކުރި ނުހޯދުނު އެކަމުކު ނޭޝަންސް ލީގުގެ ގުރޫޕްގެ ދެވަނައިގަ ނިންމާލި އެންމެ ރަނގަޅު ނަތީޖާ ހޯދި 12 ޓީމާއެކު ޕްލޭއޯފް ބުރެއް ކުޅުމަށްފަހު އެތަތަނުން 3 ޓީމާއެކު ވޯލްޑްކަޕަށް ދާނީ ޔޫރަޕުގެ 13 ޓީމެވެ.

ކޮލިފައިން ޕްލޭއޯފް މެޗުތައް އޮންނާނީ 2022ވަނަ އަހަރު މާޗްމަހުގައެވެ. ވޯލްޑްކަޕް އޮންނާނީ 2022 ވަނަ އަހަރު ނޮވެންބަރު މަހުގެ 21 އިން ޑިސެންބަރުމަހުގެ 18 އަށް ގަތަރުގައެވެ. މިއީ ފިނިމޫސުމުގައި ބާއްވާނެ ފުރަތަމަ ވޯލްޑްކަޕް މުބާރާތެވެ.