ވިޔަފާރި

އެއަރ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި


އެއަރ ސީޝެލްސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

އެއަރ ސީޝެލްސްގެ ފުރަތަމަ ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖެއްސީ މިއަދު މެންދުރު ވަގުތެއްގައެވެ. ސައުތު އެފްރިކާގެ ޖޮހާނަސްބާގްއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް އެއަރ ސީޝެލްސްގެ ދަތުރުތައް ފަށާފައިވާއިރު ފްލައިޓު އޮންނާނީ ހަފްތާއަކު އެއްދުވަހުކަމަށް ވީއައިއޭއިން ބުނެއެވެ. އެގޮތުން އެއަރ ސީޝެލްސް ރާއްޖެ އަންނާނީ ކޮންމެ ހޮނިހިރު ދުވަހަކުއެވެ.

ކޯވިޑް19 އަށްފަހު ރާއްޖޭގެ ބޯޑަރު ހުޅުވާލާފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. ބޯޑަރު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖެއަށް ދަތުރުތައް ފެށި އެއަރލައިންގެ އަދަދު ވަނީ 18 އަށް އަރާފައެވެ. އެއަރ ސީޝެލްސްއިން ދަތުރުތައް ފެށުމާއިއެކު މިއަދަދު 19 އަށް އިތުރުވެގެންދާނެއެވެ.

މިމަހުގެ ތެރޭގައި އިތުރު 8 އެއަރލައިންއަކުން ދަތުރުފަށާނެކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.