ވިޔަފާރި

ރާއްޖެއާއި ދުބާއީއާ ދެމެދު ކާގޯ ފެރީގެ ޙިދުމަތް ފަށައިފި


ދުބާއީއާއި ރާއްޖެއާ ދެމެދު މުދާ ގެނައުމުގެ ޙިދުމަތް މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ފަށައިފިއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ވިދާޅުވީ، މިހާރު ރާއްޖެއާއި ދުބާޢީ ދެމެދު ފުލް ކޮންޓެއިނަރުގައި އަދި ކޮންޓެއިނަރު ނުފުރުނަސް މުދާ ގެނެސްދިނުމުގެ ޙިދުމަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މިކަން ކުރަނީ ދުބާއީގައި ހުންނަ މޯލްޑިވްސް ސްޓޭޓް ޝިޕިންގް އޭޖެންޓު މެދުވެރިކޮށްކަމަށް ސްޓޭޓް ޝިޕިންގއިން ބުނެއެވެ.

ދުބާއީއާއި ރާއްޖެއާ ދެމެދު މުދާ ގެނައުމުގެ ޙިދުމަތަކީ ރާއްޖޭގެ ވިޔަފާރިވެރިންނަށް މުދާ ގެނެއުމުގައި ލިބިގެންދާ ފަހި ފުރުސަތެއްކަމަށް މޯލްޑިވްސް ސްޓޭޓް ޝިޕިންގއިން ބުނެއެވެ.

މޯލްޑިވްސް ސްޓޭޓް ޝިޕިންގެ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ސައީދު ވިދާޅުވީ، ދުބާޢީން މުދާ ގެނައުމަށް މިހާރު ހުޅުވާލާފައިވާކަމަށެވެ. އަދި ކޮންމެ 10 ދުވަހަކުން ދުބާއީ އާއި ރާއްޖެއާ ދެމެދު މުދާ ގެނެވޭނެ އިންތިޒާމު މިހާރު ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ސްޓޭޓް ޝިޕިންގްއިން ވިދާޅުވީ މިހާރު ،މުދާ ގެނައުމުގެ ޙިދުމަތް ދެމުން އަންނަނީ ސިންގަޕޫރު، މެލޭޝިއާ، ކޮލަމްބޯ، ދުބާއީ އަދި އިންޑިއާގެ ކޮޗިން އާއި ޓުޓިކޮރިންއިން ކަމަށެވެ.