ޚަބަރު

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބަނގުރާ ނައްތާލައިފި


ތަފާތު މައްސަލަތަކުގައި ކ.މާފުށި ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަަށް ގެނެސްފައިވާ ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

މާފުށި ޕޮލިސްޓޭޝަނުގައި ނައްތާލާފައިވަނީ 2019ވަނަ އަހަރުގެ ޑިސެމްބަރު 28ވަނަ ދުވަހު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އެކިވައްތަރުގެ 37 ދަޅު ބިޔަރާއި 207 ފުޅި ބަނގުރަލެވެ.

ފުލުހުން ވިދާޅުވީ މިތަކެތި ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަސް ގެނެވޭ ބަނގުރަލާއި މިފަދަ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭތަކެތި ނައްތާލުމަށް އަމަލުކުރަންޖެހޭ ގޮތުގެ ގަވާއިދުގެ ދަށުން އެކަމަށް އެކުލަވައިލި ކޮމިޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ މަސްތުވާތަކެތި ނައްތާލުމުގެ ޕްރޮގްރާމެއް މިިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަިއވެސް ފުލުހުން ކުރިއަށް ގެންގޮސްފައިވެއެވެ.