ޚަބަރު

ކޯވިޑް-19 : ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު 13000ވުރެ މަތިވެއްޖެ


ރާއްޖެއިން ކޯވިޑް-19 އަށްޕޮޒިޓިވް ވި މީހުންގެ އަދަދު 13000 އިން މައްޗަށް އަރައިފިއެވެ.

މިއަދު އިރުއޮއްސި 18:00އާއި ހަމައަށް ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 17 މީހުން ރާއްޖެއިން ކޯވިޑް-19އަށް ވަނީ ޕޮޒިޓިވްވެފައެވެ. މި 17 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 15 މީހުންނާއި ރަށަކާއި ރިސޯޓަކުން ޕޮޒިޓިވްވި 2 މީހެކެވެ. މިއާއެކު ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދު ވަނީ 13011 އަށް އަރާފައެވެ.

ރޭ އިރުއޮއްސި 18:00އިން މިރޭގެ އިރުއޮއްސި 18:00 އާއި ހަމައަށް ބަލިން ރަނގަޅުވެފައި ވަނީ 37 މީހެކެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވެފައިވާ މީހުންގެ ޖުމްލަ 11939އަށް ވަނީ އަރާފައެވެ. ކޯވިޑް-19ގެ ބަލިމީހުންގެ ގޮތުގައި މިވަގުތު ރާއްޖޭގައި ތިބީ 1019 މީހުންނެވެ.

ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން އަންނަނީ 95 މީހަކަށެވެ. ރާއްޖޭގައި ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ނެގި 1499 ސާމްޕަލާއިއެކު މިހާތަނަށް 244621 ސާމްޕަލެއް ވަނީ ނަގާފައެވެ.

ރާއްޖެއިން މި ބަލާިގައި މިހާރު ވަނީ 46 މީހަކު ނިޔާވެފައެވެ.