ޚަބަރު

އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދި ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ


އއ.އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އުކުޅަހު ކައުންސިލް ނައިބް ރައީސް ވިދާޅުވީ ޗުއްޓީ ހޭދަކުރަމުން ދިޔަ މިމީހާ، ހުރީ އެރަށު ނަލަވެލި ވިލާ ގެސްޓް ހައުސްގައިކަމަށެވެ. މިއަދު އެމީހާ ޕޮޒިޓީވް ވުމާއި ގުޅިގެން އޭނާ އާއި ދިމާވި މީހުން ދެނެގަނެ އެކަހެރި ކުރުމުގެ މަސައްކަތް ރަށު ކައުންސިލާއި، ރަށު ސިއްޚީ މަރުކަޒާއި، ކޯވިޑް-19 ގެ ޓާސްފޯސް ކޮމިޓީން ކުރަމުންދާކަމުގައި އޭނާ ވިދާޅުވިއެވެ.

މިދަނޑިވަޅުގައި އެޗްޕީއޭގެ ގައިޑްލައިނާއި އެއްގޮތަށް އަމަލުތައް ބަހައްޓައި، ދޭ އިރުޝާދުތަކަށް އަމަލު ކުރުމަށް ރަށު ޞިއްޚީ މަރުކަޒުން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ އެރަށުން ކޯވިޑަށް ޕޮޒިޓިވްވި 2 ވަނަ މީހާއެވެ.