ޚަބަރު

ހަތަރު މައިންނަށް ޖިންސީ އަނިޔާކުރި 2 މީހަކު ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފި


އުތުރުގެ ރަށެއްގައި އަންހެނަކާއި އޭނަގެ 3 ދަރިންނަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ހައްޔަރުކުރި 2 މީހުން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އުތުގެ ރަށެއްގައި އަންހެނަކާއި އޭނާގެ 3 ދަރިންނަށް ޖިސްމާނީ އަނިޔާކޮށް، އަންހެން މީހާއާއި އޭނާގެ ދަރިފުޅަށް ޖިންސީ ގޯނާކޮށްފައިވާކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި މިހާތަނަށް 2 މީހަކު ވަނީ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިކަމަށެވެ. މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 39 އަހަރުގެ ދިވެހި ފިރިހެނަކާއި، 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މީގެ ތެރެއިން 39 އަހަރުގެ މީހާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރު ކޮށްފައެވެ. އަދި 24 އަހަރުގެ މީހާގެ ބަންދުގެ މުއްދަތު ވަނީ 15 ދުވަހަށް އިތުރުކޮށްފައެވެ. މިމީހުންގެ ބަންދުގައި ބޭތިއްބުމަށް ކޯޓުން އަމަރުކޮށްފައި ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާތަނެއްގައެވެ.