ޚަބަރު

އިންޑިއާގެ ކޮޗިން އާއި މާލެ އާއި ދެމެދު މޯލްޑިވިއަންގެ ޚާއްސަ ފްލައިޓްތަކެއް ބާއްވަނީ


އިންޑިއާގެ ކޮޗިން އާއި މާލެ އާއި ދެމެދު ޚާއްސަ ހަތަރު ފްލައިޓެއް ބޭއްވުމަށް ނިންމާފައިވާ ކަމުގައި، ޤައުމީ އެއާލައިން މޯލްޑިވިއަނުން ހާމަކުރައްވައިފިއެވެ.

މޯލްޑިވިއަން އިން މިހާރު ވަނީ މިފްލައިޓުތަކަށް ރިޒަވޭޝަން ހެދުމަށް ފުރުސަތު ހުޅުވާލާފައެވެ. މިފްލައިޓްތައް އޮންނާނީ މި ނޮވެމްބަރު މަހުގެ، 27، 28، 29 އަދި 30 ވަނަ ދުވަހުކަމަށް މޯލްޑިވިއަންނުން ހާމަކުރައްވާފައިވެއެވެ.

މިފްލައިޓުތަކުގެ އެއްކޮޅު ޓިކެޓުގެ އަގަކީ ގާތްގަނޑަކަށް 1560ރ. އެވެ. މޯލްޑިވިއަން އިން އިންޑިއާގެ ކޮޗިން އާއި މާލެ ދެމެދު ޙާއްސަ ފްލައިޓު ތަކެއް ބާއްވާއިރު، އެއެއާލައިން ބައިނަލްއަޤުވާމީ ފްލައިޓުތަށް ބާއްވަމުން ދަނީ ބަނގްލަދޭޝް އަދި އިންޑިއާއަށެވެ.

މޯލްޑިވިއަންގެ ހާއްސަ ފްލައިޓުތަކެއް ކޮޗިންގ އާއި މާލެ އާއި ދެމެދު ބާއްވަން ހަމަޖެހިފައި ވާއިރު، ރާއްޖެ އަށް މިވަގުތު އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ޤައުމަކީ ވެސް އިންޑިއާއެވެ. މީގެ އިތުރުން މޯލްޑިވިއަނުން ދަނީ ރާއްޖޭގައި ޤަވާއިދާ ޙިލާފަށް އުޅެމުންދާ ބިދޭސީން އަނބުރާ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.