ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރަކު އައްޔަންކުރަން މަޖިލީހުން ފާސްކޮށްފި


ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް އައްޔަންކުރުމަށް ފަސް ބޭފުޅެއްގެ ނަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލުމުން 9 ބޭފުޅަކު ވަނީ ޝަޢުގުވެރިކަން ފާޅުކޮށް އެމަޤާމަށް ކުރިމަތިލައްވާފައެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިއްބެވި ފަސް މެންބަރުންގެ ދައުރު މިމަހުގެ 28ވަނަ ދުވަހުގެ ނިޔަލަށް ހަމަވާނެއެވެ.

އެ ޓްރައިބިއުނަލްއަށް އައްޔަންކުރުމަށް މަޖިލީހުން ފާސްކޮށްފައިވާ 5 ނަންފުޅަކީ

  • 1- ޙުސައިން ޒައިދާން ޖަލީލް/ މ.ފާމުދޭރިގެ
  • 2- އަލްއުސްތާޛާ ފާޠިމަތު މިންހަތު ޢިއްޒަތު/ ގ.ގޮފި
  • 3- އަލްއުސްތާޛް މުޙައްމަދު މުނައްވަރު ޢަލީ/ ވެސްޓްބީޗް/ އއ.މަތިވެރި
  • 4- އިސްމާޢީލް ސާޖިދު/ މއ.ވިލާރޮދި
  • 5- އަލްއުސްތާޛް އަޙްމަދު އަޝްރަފް/ ދަފްތަރު ރސ 4883

5 މެންބަރުންގެ މައްޗަށް އެކުލެވިގެންވާ ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސްއާ ގުޅޭ މައްސަލަތައް ބެލުމަށް، ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ މުއައްސަސާއެކެވެ.