ހޯރަފުށީ އެއަރޕޯޓަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އިޢުލާންކޮށްފިއެވެ. ހޯރަފުށީ އެއަރޕޯޓް ހިންގާ ރީޖަނަލް އެއްރޕޯޓްސް ކުންފުނިން ވަނީ މުވައްޒަފުން ބޭނުންވާ މަޤާމުތަކާއި، ޢަދަދުތައް ގެޒެޓްކޮށް، އެކަމަށް އެދޭ ފަރާތްތަކުން ފޯމު ހުށައެޅުމަށް ހުޅުވާލާފައެވެ.
އެ އެއަރޕޯޓަށް 12 ދާއިރާއަކުން 19މީހުން ނެގުމަށްވަނީ އިޢުލާންކޮށްފައެވެ. މީގެތެރޭގައި ޑިރެކްޓަރ، އެޑްމިން، އެކައުންޓްސް، ޑްރައިވަރ، ފަޔަރ ފައިޓަރ އަދި މަސައްކަތު މީހުންފަދަ ދާއިރާތަކުން މީހުން ހޯދުމަށްވަނީ ހުޅުވާލާފައެވެ. މި ވަޒީފާތަކަކީ ދާއިމީ ވަޒީފާތަކެކެވެ.
މިކަމަށް އެދި ހުށައެޅޭނެ ސުންގަޑިއަކީ މިމަހުގެ 26ވަނަ ދުވަހު، 14:00ގެ ކުރިން ރީޖަނަލް އެއަރޕޯޓްސްއަށެވެ. މި މަޤާމުތަކަށް މިހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ މިމަހުގެ 29ވަނަ ދުވަހުއެވެ. ހޯރަފުށީ އެއަރޕޯޓްގެ ޝެޑިއުލް ދަތުރުތައް ފެށުމުގެ ކުރިން، މިއަދުވަނީ ޓެސްޓް ފްލައިޓް ޖައްސާފައެވެ. އެއްރޕޯޓް މާދަމާ ރަސްމީކޮށް ހުޅުވާނެކަމަށް ޓްރާންސްޕޯޓް މިިނިސްޓްރީންވަނީ ވިދާޅުވެފައެވެ.
ހޯރަފުށީ އެއަރޕޯޓުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޭޕްރިލްމަހު، އެރަށު ފަޅުން 16 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އެއަރޕޯޓްގެ ހުރިހާ މަސައްކަތްތަކެއް ނިމި، މިމަހު ޝެޑިއުލް ދަތުރުތައް ފަށާނެކަމަށް ޓްރާންސްޕޯޓް މިނިސްޓަރ ޢާއިޝަތު ނަހުލާވެސް ވިދާޅުވެފައިވެއެވެ. ހޯރަފުށީ އެއަރޕޯޓަކީ ރާއްޖޭގެ އެންމެ އުތުރުގައ ތަރައްޤީކޮށްފައިވާ އެއަރޕޯޓެވެ.